ހެނދުނު ގެއިން ވުޟޫކޮށްގެން އިސްޓާކީނަށް އަރައިގެން ދިއުމުން އެދުވަހުކުރާ އެހެން ވުޟޫތަކުގަ އިސްޓާކީނުގަ ފެންފުހުމުން ފުދޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
ހެނދުނު ގެއިން ވުޟޫކޮށްގެން އިސްޓާކީނަށް އަރައިގެން ދިއުމުން އެދުވަހުކުރާ އެހެން ވުޟޫތަކުގަ އިސްޓާކީނުގަ ފެންފުހުމުން ފުދޭނެ!

އޮފީހަށްދާއިރު ފުރިހަމަ ވުޟޫއަކުން ވުޟޫކުރުމަށްފަހު އިސްތާކީނަށް އަރައިގެން ދިއުމުން 24 ގަޑި އިރު ވަންދެން ވުޟޫ ކުރާއިރު އިސްތާކީނުގައި ފެން ފުހުމުގެ ފުރުޞަތު ލިބޭނެއެވެ.  

މާނައަކީ އޮފީހަށްދާއިރު ފުރިހަމަ ވުޟޫއަކުން ވުޟޫކުރުމަށްފަހު އިސްތާކީނަށް އަރައިގެން ދިއުމުން 24 ގަޑި އިރު ވަންދެން ވުޟޫ ކުރާއިރު އިސްތާކީނުގައި ފެން ފުހުން  ހުއްދަވާނެއެވެ.  

ޝަރުޠަކީ އިސްތާކީނުން ތަނބިކަށި ނިވާވެފައި ހުރުމެވެ.  

އެ 24 ގަޑިއިރުގެ ތެރޭގައި އިސްތާކީނު ބާލައިފިނަމަ ދެން އިސްތާކީނުގައި ފެން ފުހެވޭނީ އަނެއްކާވެސް ވުޟޫއެއްކުރުމަށްފަހު އިސްތާކީނަށް އެރުމުންނެވެ.

- ޝައިޚް ޢަލީ ޒައިދު

 

 

މިއަދު އޮންލައިން