ދެމެދަށްވަދެގަނެ އެއްވެސް ގެއްލުމެއް ދިން މީހަކަށް އުފަލުގައި ދިރިއުޅެވިދާނެ ކަމަށް ހީނުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ދެމެދަށްވަދެގަނެ އެއްވެސް ގެއްލުމެއް ދިން މީހަކަށް އުފަލުގައި ދިރިއުޅެވިދާނެ ކަމަށް ހީނުކުރާށެވެ!

ހެޔޮގޮތުގައި ލޯބިން ދިރިއުޅޭ ދެމަފިރިއެއްގެ ދެމެދަށްވަދެގަނެ އެއްވެސް ގެއްލުމެއް ދިން މީހަކަށް އުފަލުގައި ދިރިއުޅެވިދާނެ ކަމަށް ހީނުކުރާށެވެ. އެއީ އަނެކާގެ ފިރިމީހާ ނުވަތަ އަނބިމީހާ ޖަހައިގަތުން ނަމަވެސްމެއެވެ. 

ދުނިޔޭގައި އެކަނި ތިބި އަންހެނުންނާއި ފިރިހެނުން މަދީހެއްޔެވެ؟ އެހެން މީހަކަށް ގެއްލުން ނުދީ އުފާވެރިކަން ނުހޭދޭނީ ހެއްޔެވެ؟ އެހެންނަކުން ނުވާނެއެވެ. ކޮނަމެ މީހަކަށްވެސް އެމީހަކު ބޭނުންވާ ޒާތަކުން ބައިވެރިއަކު ހޯދުމަށް އެއްވެސް ހުރަހެއް ނެތެވެ. 

ބައެއް މުޖުތަމަޢުތަކުގައި އަނހެނުން މަދުވެދާނެއެވެ. އަދި އަނެއްބައި މުޖުތަމަޢުތަކުގައި ފިރިހެނުންވެސް މަދުވެދާނެއެވެ. އެއީ އެއްވެސް މައްސަލައެއް ނޫނެވެ. މުސްލިމުންނަކީ ކޮންމެހެން ވަކި ރަށަކުން ވަކިރަށޑެއްގެ މީހަކާއި ކައިވެނިކުރަންޖެހޭ ބައެއް ނޫނެވެ. ކޮންމެ ރަށެއްގެ ނަމަވެސް ހެޔޮލަފާ މުސްލިމަކާއި ކައިވެނިކުރުމުން ނިމުނީއެވެ. 

މިހާރަކަށް އައިސް އެކަނި ތިބި އެތައް ހާސް ބައަކު ކޮންމެ މުޖުތަމަޢުއެއްގައިވެސް އެބަ ތިއްބެވެ. ކައިވެނި ރޫޅިފައިތިބި މީހުންވެސް އެހައި ގިނައެވެ. ޙަޔާތަށް ރަނގަޅު ބައިވެރިއަކު ހޯދަން ބޭނުން ކޮންމެ މީހަކަށްވެސް އެކަމުގެ ފުރުޞަތު އެބައޮތެވެ. 

ލޮބުވެތި އެކުވެރިންނޭވެ! ދެމަފިރިއެއްގެ ދެމެދަށް ވަދެގަތުމުން އެކަމުގެ ގެއްލުން ލިބެނީ ބާކީވާ މީހާއަށް އެކަންޏެއް ނޫނެވެ. އެމީހުންގެ ކުދި ދަރިންނަށް ލިބޭ ގެއްލުން މާބޮޑެވެ. ގިނަ ފަހަރު އެހާލަތުގައި ދިރިތިއްބައި ދަރިން އެތަނީ ޔަތީމްވެގެންނެވެ. މަންމަ އާއި ބައްޕަ އެކުގައި ތިބުމުން ލިބޭނެ އުފަލުން މަޙްރޫމްކުރުވުމަކީ ކުއްޖަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާއެވެ. 

އެފަދަ ބޮޑު އަނިޔާއެއް ދީފައި އެމީހަކަށް ދުނިޔޭގައި އުފަލުގައި ދިރިއުޅެވިދާނެ ކަމަށް ހީނުކުރާށެވެ! ފަހަރެއްގައި ތަނަވަސްކަމުގައި އުޅެވިދާނެއެވެ. ނަމަވެސް ދެން ކުރިމަތިވާ މައްސަލަތަކުގެ ސަބަބުން ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. އެކަން މެދުވެރިވާނީ ކޮން ގޮތަކުންކަން ނުވެސް އެނގޭނެއެވެ.  

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން