އަނބިމީހާއަށް ރައްކައުތެރިކަން އޮތީ ގޭގެ ދޮރާ ދޮރާށި ތަޅުލުމެއް ނޫން! އޭނާ ބޭނުންވާނީ މުޅިން ތަފާތު 2 ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
އަނބިމީހާއަށް ރައްކައުތެރިކަން އޮތީ ގޭގެ ދޮރާ ދޮރާށި ތަޅުލުމެއް ނޫން! އޭނާ ބޭނުންވާނީ މުޅިން ތަފާތު 2 ކަމެއް!

އަންހެނުންނަށް (އަނބިންނަށް) އެންމެ ބޮޑަށް ބޭނުންވަނީ ކޮންކެމެއްކަން ގިނަބައަކަށް އޮންނަނީ ވަރަށް ބޮޑަށް އޮޅިފައެވެ. 

މިވާހަކަ މިހެން ދައްކާއިރު ތަފާތުގެ މިޒާޖުގެ ފިރިހެނުން ތިބޭ ފަދައިން ތަފާތު މިޒާޖުގެ އަންހެނުން ތިބޭނެކަންވެސް އެނގެއެވެ. އެހެންވެ އަހުރެން މިދައްކަނީ ހަމަޖެހިލައިގެން، ހިތްހަމަޖެހިލައިގެން އުފަލުގައި ދިރިއުޅުމަކީ އެންމެ ބޮޑު ބޭނުންކަމަށް ދެކޭ އަންހެނުންގެ ވާހަކައެވެ. 

އެފަދަ އަންހެނުން ފިރިމީހާގެ ކިބައިން އެންމެ ބޮޑަށް އެދޭނީ ފައިސާގެ ތަނަވަސްކަމަކަށް ނޫނެވެ. ތޭރެގޭގެ ރައްކައުތެރިކަމަށެވެ. ގޭތެރޭގެ ރައްކައުތެރިކަމުގެ މާނައިގައި ވަރަށް ގިނަ ކަންކަން ހިމެނެއެވެ. އެއިގެ ތެރެއިންވެސް އެންމެ ބޮޑަށް ބޭނުންވާނީ އޭނާގެ އަގުވަޒަންކުރުމާއި އޭނާ ބާކީކޮށް އެއްލައިނުލާނެ ކަމުގެ ޔަޤީންކަމެވެ. 

ބައެއް ފިރިހެނުންނަށް ހީވެފައި އޮންނަނީ އަނބިމީހާ ބޭނުންވާހައިއ އެއްޗެއް ހޯދައިދެވޭނަމަ އަނބިމީހާ އިންނާނީ ހިތް ފުރިގެން އުފަލުގައި ކަމަށެވެ. އެހެން އެކަން ޤަބޫލުކުރާ ބައަކުވެސް ތިބޭނެއެވެ. ނަމަވެސް އެއީ ނިޞްބަތުން އެހައި ގިނަ ޢަދަދެއްގެ އަންހެނުންނެއް ނޫނެވެ.

އަހުރެންގެ ގާތަށް ލަފާ ހޯދަން އަންނަ އަންހެނުންގެ 90 އިންސައްތައަށްވުރެވެސް ގިނަ ޢަދަދެއްގެ އަންހެނުން ބުނަނީ އެމީހުން ކަންބޮޑުވަނީ ފިރިމީހާގެ ތަނަވަސްކަން ނެތިގެން ނޫންކަމަށާއި ގޭތެރޭގެ ރައްކައުތެރިކަން ނުލިބޭތީ ކަމަށެވެ. 

ބައެއް ފިރިހެނުން އެމީހުންގެ އަނބިންނަށް ގޭތެރޭގެ ރައްކައުތެރިކަން ހޯދައިދޭން ކުރާކަމަކީ ފިސާރި ވަރުގަދައަށް ގޭގެ ދޮރާއި ދޮރާށި ތަޅުލުމެވެ. ހަމައެއްވެސް މީހަކަށް ވަދެނުކުމެ ނުހެދޭނެ ކަމަށެވެ. ބުނަންހެއްޔެވެ؟ ގޭގެ ދޮރާއި ދޮރާށި ކިތަންމެ ވަރުގަދައަށް ތަޅުލިނަމަވެސް ކުރިން މިބުނި ދެކަންތައް ކޮށްނުދެވޭނަމަ ގިނައަނބިން ނުހިގެހެއްޓޭނެއެވެ. ތަޅުހަލާކުނުކުރެވުނުނަމަ ދޮރުވައްޓާލާފައި ނަމަވެސް އެކަންކަން ހޯދަން ނުކުމެގެންދާނެއެވެ. 

ތަކުރާރުކޮށްލާނަމެވެ. އެ 2 ކަންތަކަކީ އަނބިމީހާގެ އަގުވަޒަންކުރުމާއި އޭނާ ބާކީކޮށް އެއްލައިނުލާނެ ކަމުގެ ޔަޤީންކަން އޭނާއަށް ލިބޭނެ ގޮތަށް ދިރިއުޅުމުގެ ކަންކަން ބެހެއްޓުމެވެ. 

މިއީ މިފަންނުގެ ޢިލްމުވެރިއަކު ވިދާޅުވެފައިވާ ބަސްކޮޅެކެވެ.

 

- އަލަފް / މިއަދުނޫސް

 

މިއަދު އޮންލައިން