އަންހެނުން އަމިއްލައަށް ތިމާއަކީ އަތްފުހޭ ޓިޝޫއަކަށް ހެދިފަ ޝަކުވާ ކުރުމަކުން ކުރާނެ ފައިދާއެއް! އެއްލައިލާނީ ޑަސްޓްބިނަށްކަން އެނގެންވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
އަންހެނުން އަމިއްލައަށް ތިމާއަކީ އަތްފުހޭ ޓިޝޫއަކަށް ހެދިފަ ޝަކުވާ ކުރުމަކުން ކުރާނެ ފައިދާއެއް! އެއްލައިލާނީ ޑަސްޓްބިނަށްކަން އެނގެންވާނެ!

ފިރިހެނަކުވިޔަސް އަދި އަންހެނަކު ކަމުގައިވީނަމަވެސް މިއަދު މިފެންނަނީ ބައިވެރިއަކު ހޯދުމަށްޓަކައި މަގުމައްޗަށް ނުކުމެގެން ދެކޮޅަށް ދުވާތަނެވެ. އެއިން މީހެއްގެ ގާތުގައި ކައިވެނިނުކޮށް މީހަކާއި ތަތްނުވާން ބުނެފިނަމަ އެއީ މިފަދަ ޒަމާނެއްގައި ކިހިނަކުން ކުރެވޭނެ ކަމެއްތޯ ސުވާލުކުރެއެވެ. 

އެހެން އެބުނަނީ ކަމުގެ ޙަޤީޤަތަށް ނުބަލައި މަގުމައްޗާއި އެހެން ތަންތަނުން ފެންނަ މަންޒަރުތަކަށް ބަލާތީއެވެ. އެހެން މީހުން އުޅޭ ގޮތަށް ބަލާތީއެވެ. ގިނަ މީހުން އުޅޭގޮތަކީ ރަނގަޅު ގޮތް ކަމަށް ޤަބޫލުކުރެވޭތީއެވެ. 

ބުނަން ހެއްޔެވެ؟ ކޮންމެ މީހަކާއި ބައްދަލުވިނަމަވެސް އެމީހާ ކިތަންމެ ވަރަކަށް ކަމުދިއަ ނަމަވެސް އެމީހެއްގެ އަތުގައި ހިފަން ބޭނުންނުވާށެވެ! ގައިގައި އަތްލަން ބޭނުން ނުވާށެވެ! އެއިގެ ބަދަލުގައި ތިބާގެ ކިބައިގައި ހުންނަ ރިވެތި އަޚްލާޤީ ސިފަތައް ދައްކާށެވެ! ތިބާއަކީ ހަރުދަނާ މީހަކުކަން ދައްކާށެވެ. އެއިރުން އެމީހާ ތިބާގެ އަތުގައި ހިފަން ބޭނުންނާނެއެވެ. 

މިކަމަށް ބޮޑަށް ވިސްނަންޖެހޭނީވެސް އަންހެނުންނެވެ. ހިލޭ ފިރިހެނެއްގެ އަތުގައި ނުހިފުމުގެ އިތުރުން ހިލޭ ފިރިހެނެއްގެ ގޮތުގައި ހުއްޓައި އެމީހުންވެސް ތިބާގެ ގައިގައި އަތްލިޔަ ނުދޭށެވެ! ބުނާށެވެ! "އަހުރެންގެ ހަށިގަނޑުގައި ބީހެވޭނީ އަހުރެންގެ ފިރިމީހާއަށެވެ. އަހުރެންގެ ގައިގައި ބީހެން ބޭނުންނަމަ އަންތބަކަށް ހަދާށެވެ!" 

އެމީހަކީ ތިބާ ދެކެ ލޯބިވާ، ރިވެތި ސުލޫކެއްގެ މަތީގައި ދިރިއުޅޭ މީހަކުނަމަ ކައިވެނިކުރަން އަވަސްވެގަންނާނެއެވެ. އަވަސްވެ ބުގެންފިނަމަ އެމީހަކު ވާނީ ތިބާއަކީ ތުންފުހެން ބާނުންކުރާ ކަރުދާސް ގަނޑެއް (ޓިޝޫ) އެއް ކަމަށް ހަދަން ބޭނުންވާ މީހަކަށެވެ. 

ލޮބުވެތި ކަނބަލުންނޭވެ! ތިއަ ކަނބަލުންގެ އަގަކީ ތުންފުހޭ ކަރުދާހަކަށް ހަދައިލަނީ ތިއަކަނބަލުންނެވެ. ތިއަ ކަނބަލުން، ތިއަ ކަނބަލުންނަކީ ޓިޝޫއަކަށް ހަދައި އެދަރަޖައަށް އަމިއްލައަށް ވެއްޓިގެންފިނަމަ ތުން ފުހެފައި ލާނީ ކުނިވަށިގަނޑަށްކަން އެނގެންވާނެއެވެ. އެފުރުޞަތު ދީފައި ފަހުން ޝަކުވާކުރުމުގެ ބޭނުމެއް ނެތެވެ. ފަހުން ޝަކުވާކުރުމަކުން ކުރާނެ އެއްވެސް ފައިދާއެއްވެސް ނެތެވެ. 

އަންހެނަކަށްވީތީ ﷲ ތަޢާލާގެ ޙަޟްރަތުގައި ދަރަޖަ ތިރިވެގެނެއް ނުދެއެވެ. އަންހެނަކަސް ފިރިހެނަކަސް ﷲ ތަޢާލާގެ ޙަޟްރަތުގައި ދަރަޖަ އުފުލުންވަނީ އެމީހަކު ތަޤްވާވެރިވީވަރަކުންނެވެ. ވީމާ އަމިއްލައަށް ތިމަންމެންނަކީ ނިކަމެތި ބައެއް ކަމަށް ދެކެގެން އާޚިރަތް ނަގައިނުލާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން