9‍‍- ޢިލްމު ޙާސިލް ކުރުމުގެ މާތްކަން-

ކިޔުމަށް ހޭދަވާނީ 4މ 48ސ
9‍‍- ޢިލްމު ޙާސިލް ކުރުމުގެ މާތްކަން-

ޢާއިޝަތު ރަފާޙް ޢަލީ

 

ޢިލްމު ޙާސިލް ކުރުމަކީ ވަރަށް މަތިވެރި މާތް އަޅުކަމެކެވެ. ﷲ ތަޢާލާ ޤިޔާމަތް ދުވަހުންވެސް އެކަމާ ބެހޭގޮތުން ސުވާލު ކުރައްވާނެ ކަމެއްވެސް މެއެވެ. 

ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ. 

لا تَزُولُ قَدَمَا الْعَبْدِ يَوْمَ الْقِيَامَةِ حَتَّى يُسْأَلَ عَنْ أَرْبَعٍ: عَنْ عُمْرِهِ فِيمَا أَفْنَاهُ , وَعَنْ شَبَابِهِ فِيمَا أَبْلاهُ , وَعَنْ مَالِهِ مِنْ أَيْنَ اكْتَسَبَهُ وَفِيمَا أَنْفَقَهُ , وَعَنْ عِلْمِهِ مَاذَا عَمِلَ فِيهِ "

މާނައީ: "ޤިޔާމަތް ދުވަހުން ހަތަރު ކަމަކުން ސުވާލުކުރެއްވުމަށްފަހުގައި މެނުވީ އަޅާގެ ދެފައިތިލަ ހުރިތަނުން ގުޑުވައި ނުލެވޭ ހުއްޓެވެ. އެއީ އޭނާގެ ޢުމުރު ހޭދަކުރީ ކިހިނެއްތޯއާ، އޭނާގެ ޒުވާން ޢުމުރު ހޭދަ ކުރީ ކިހިނެއްތޯއާ، އޭނާ މުދާ ހޯދީ ކިހިނެއްތޯ އަދި މުދާ ހޭދަ ކުރީ ކިހިނެއްތޯއާއި އޭނާއަށް ލިބިފައިވާ ޢިލްމަށް ޢަމަލުކުރިގޮތް ހިމެނެއެވެ." 

ص18 - كتاب حديث أبي القاسم الحلبي - لا تزول قدما العبد يوم القيامة حتى يسأل عن أربع عن عمره فيما أفناه وعن شبابه فيما - المكتبة الشاملة (shamela.ws) 

އެހެންކަމުން ޢިލްމު ހާސިލްކޮށް އެޢިލްމު ރަނގަޅު ގޮތުގައި ޢަމަލުކޮށް، ދެއްކުންތެރިކަމުން ދުރުވެ މީހުންނަށް އުނގަންނައިދިނުމަކީ ވަރަށް މުހިއްމު ކަަމެކެވެ. 

އަދިވެސް ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ.

يؤتى بالرجل يوم القيامة فيلقى في النار، فتندلق أقتاب بطنه فيدور بها كما يدور الحمار في الرحى، فيجتمع إليه أهل النار، فيقولون: يا فلان، ما لك؟ ألم تك تأمر بالمعروف وتنهى عن المنكر؟ فيقول: بلى، كنت آمر بالمعروف ولا آتيه، وأنهى عن المنكر وآتيه

މާނައީ: ޤިޔާމަތް ދުވަހުން މީހަކު ގެނެވޭނެއެވެ. ދެން އޭނާ ނަރަކައަށް އެއްލާލެވޭނެއެވެ. ދެން ފަހެ އެނަރަކައިގެ ތެރޭގައި އޭނާގެ ގޮހޮރު ބޭރުވެ ޙިމާރެއް އޭގެ ރަޙާގެ (އިހުޒަމާނުގައި ގޮވާންފަދަ ތަކެތި މުގުރަން ބޭނުން ކުރަން އުޅޭ އެއްޗެއް) ވަށައިގެން އެނބުރޭ ފަދައިން އޭނާ އެނަބުރޭނެއެވެ. ދެން ނަރަކައިގެ އަހުލުވެރީން އޭނާގެ ކައިރިއަށް ޖަމާވެ ބުނާނެއެވެ. "އޭ މިވެނި މީހާއެވެ. ކަލެއަށް ވީ ކިހިނެއް ހެއްޔެވެ؟ ކަލޭ އަހަރުމެންނަށް ހެޔޮ ކަންތައްތަކަށް އަމުރުކޮށް ނުބައި ކަންތައް މަނާކޮށް އުޅުނީމެއްނޫންހެއްޔެވެ؟ ދެން އޭނާ ބުނާނެއެވެ. އަހަރެން ހެޔޮ ކަންކަމަށް އަމުރު ކުރީމެވެ. އެހެން ނަމަވެސް އަހަރެން އަމިއްލައަކަށް އެކަންތައްތައް ނުކުރަމެވެ. އަދި ނުބައިކަންކަން ތިޔަބައިމީހުންނަށް ނަހީކޮށް އަހަރެން އެކަންތައްތައް ކުރަމުން ދިޔައީމެވެ." 

حديث «يؤتى بالرجل يوم القيامة فيلقى في النار..» - الموقع الرسمي للشيخ أ. د. خالد السبت (khaledalsabt.com)

މިއަދު އޮންލައިން