އެންމެ ބޮޑަށް ބޭނުންވާ ވަޤުތު ކުރާދުޢާ ޢިޖާބަކުރެއްވެވުން އިން ޝާ ﷲ އަވަސްވާނެ މަގު-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
އެންމެ ބޮޑަށް ބޭނުންވާ ވަޤުތު ކުރާދުޢާ ޢިޖާބަކުރެއްވެވުން އިން ޝާ ﷲ އަވަސްވާނެ މަގު-: މުފްތީ މެންކް

މިކިޔައިދެނީ އަހުރެންނަށް ކުރިމަތިވި ކަމެއްގެ ވާހަކައެކެވެ. އެއްދުވަހަކު ބައަކު އަހުރެން ދެރަކޮށްލަން ބައަކު ވަރަށް ބޮޑަށް މަސައްކަތްކުރިއެވެ. އަހުރެން އެކަމަށް އެއްވެސް ސަމާލުކަމެއް ނުދެމެވެ. އަޅައިވެސް ނުލަމެވެ. ބައަކު ކަމެއްކުރިކަން އެނގުނު ކަމަކަށްވެސް ނުހަދަމެވެ. 

އަހުރެން އެމީހުންނާއި ދިމާއަށް ބަލައިލީ ހިނިތުންވެ ހުރެގެންނެވެ. އެކަމުން އެމީހަށް ލިބުނު ހިތްދަތިކަން މާބޮޑުވެގެންދިއައެވެ. އެއީ އަހުރެން ދެރަކޮށްލަން ނުވަތަ ރުޅިއަރުވާލަން ކުރި މަސައްކަތްތައް ފޭލްވުމުންނެވެ. އަހުރެން ދެރަވެސް ނުވީތީއެވެ. ރުޅިވެސް ނައީތީއެވެ. 

މީސްތަކުންނޭވެ! ތިބާ ދެރަކޮށްލަން، ހިތުގައި ޖައްސުވަން މީހަކު ކޮންމެ އެއްޗެއް ބުނި ނަމަވެސް ކޮންމެ ކަމެއް ކުރިނަމަވެސް އަޅައިވެސް ނުލާށެވެ! ދެރައެއް ދިނުމަށް މަސައްކަތްކުރިނަމަވެސް ކަންބޮޑުނުވާށެވެ! އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށް އެކަނިކަމާއި އެކަލާނގެ މިންވަރުފުޅު ކުރެއްވެވި ކަމެއް ނޫނީ މެދުވެރިނުވާނެކަން ޔަޤީންކޮށްގެން ހުންނާށެވެ! 

އަހުރެމެންނަށް އޮތީ އެހެން މީހުންގެ ހުތުގައި ޖެހިދާނެ އެއްވެސް ކަމެއް ނުކުރުމާއި އެހެން މީހުންނަށް ކަންކަން ކުރަން ލުއިފަސޭހަކޮށްދިނުމެވެ. އެއިރުން އެކަން އެނބުރި ތިމާއާއި ދިމާއަށް އަންނާނެތެވެ. ކަންބޮޑުވާންޖެހޭ ޙާލަތަކުގައި ރައްކައުތެރިކަން ދެއްވަވާނެތެވެ. ހިތްދަތިވާންޖެހޭ ޖެހޭ ޙާލަތްތަކުގައި އުފާވެރިކަން ދެއްވަވާނެތެވެ. މީސްތަކުން ކުރިމަތިކުރުވަން އުޅޭ މުޞީބާތްތަކުން ސަލާމަތްކޮށް ދެއްވަވާނެތެވެ. އެމީހެއްގެ ދިރިއުޅުން ފަސޭހަކޮށް ދެއްވަވާނެތެވެ. އުފާވެރިކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ 

ވީމާ ޚުލާޞާކޮށްލާފައި ބުނަންއޮތީ އުފާވެރިކަން ދެއްވެވުން އެދޭމީހާ އެއްވެސް މީހެއްގެ ހިތުގައި ނުޖައްސުވާށެވެ! އެއްވެސް މީހަކަށް އަނިޔާވެރިނުވާށެވެ! އަދި އެހެން މީހުންނަށް އެހީތެރިކަންފޯރުކޮށްދީ އުފާވެރިކަން ހޯދައިދޭން މަސައްކަތްކުރާ މީހަކަށްވާށެވެ! އެއިރުން ތިބާއަށް ކަމަކަށް ބޭނުންވެގެން ދުޢާކޮށްފިނަމަ ޢިޖާބަކުރެއްވެވުން އަވަސްވާނެތެވެ. އިން ޝާ ﷲ 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން  

މިއަދު އޮންލައިން