ޢާއިޝަތު ރަފާޙް ޢަލީ
· ކީރިތި ޤުރްއާން ސިފަ ކޮށްދެއްވަވާފައިވުން:
ﷲ ތަޢާލާ ލުޤްމާން ސޫރަތުގެ ފުރަތަމަ 3 އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
الم ﴿١﴾ تِلْكَ آيَاتُ الْكِتَابِ الْحَكِيمِ ﴿٢﴾ هُدًى وَرَحْمَةً لِّلْمُحْسِنِينَ ﴿٣﴾
މާނައީ: "ا ل م (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) (1) މިއީ حكمة ތެރި ފޮތުގެ (އެބަހީ: قرآن ގެ) آية ތަކެވެ. (2) (އެއީ) إحسان ތެރިންނަށްޓަކައި އޮތް ތެދުމަގާއި، رحمة އެވެ. (3)"
· މުއުމިނުންގެ ޞިފަތައް ބަޔާން ކޮށްދެއްވެވުން: ނަމާދު ޤާއިމް ކުރުން :
ﷲ ތަޢާލާ ލުޤްމާން ސޫރަތުގެ 4 އަދި 5 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
الَّذِينَ يُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَهُم بِالْآخِرَةِ هُمْ يُوقِنُونَ ﴿٤﴾ أُولَٰئِكَ عَلَىٰ هُدًى مِّن رَّبِّهِمْ ۖ وَأُولَٰئِكَ هُمُ الْمُفْلِحُونَ ﴿٥﴾
މާނައީ: "އެއުރެންނީ ނަމާދު قائم ކޮށް، زكاة ދީ، އަދި آخرة ދުވަހާމެދު يقين ކުރާ މީހުންނެވެ. (4) އެއުރެންވަނީ، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން އައި ތެދުމަގެއްގެ މަތީގައެވެ. އަދި ދިންނަވާނޭ މީހުންނަކީ ހަމަ އެއުރެންނެވެ. (5)"
· މުއުމިނުންނަށް ލިބޭ ޘަވާބު ބަޔާން ކޮށްދެއްވެވުން:
ﷲ ތަޢާލާ ލުޤްމާން ސޫރަތުގެ 8 އަދި 9 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَهُمْ جَنَّاتُ النَّعِيمِ ﴿٨﴾ خَالِدِينَ فِيهَا ۖ وَعْدَ اللَّهِ حَقًّا ۚ وَهُوَ الْعَزِيزُ الْحَكِيمُ ﴿٩﴾
މާނައީ: "ހަމަކަށަވަރުން، إيمان ވެ صالح عمل ތައްކުރި މީހުން (ދަންނާށެވެ!) އެއުރެންނަށް نعمة ގެ ސުވަރުގެތައްހުށްޓެވެ. (8) އެ ސުވަރުގެތަކުގައި ދެމިތިބެނިވި ގޮތުގައެވެ. އެއީ، اللَّه ގެ حق وعد ފުޅެވެ. އެކަލާނގެއީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ. (9)"
· ކާފިރުންގެ ވާހަކަ އާއި އެބައިމީހުންނަށް ހުރި ޖަޒާގެ ވާހަކަ:
ﷲ ތަޢާލާ ލުޤްމާން ސޫރަތުގެ 20 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
أَلَمْ تَرَوْا أَنَّ اللَّهَ سَخَّرَ لَكُم مَّا فِي السَّمَاوَاتِ وَمَا فِي الْأَرْضِ وَأَسْبَغَ عَلَيْكُمْ نِعَمَهُ ظَاهِرَةً وَبَاطِنَةً ۗ وَمِنَ النَّاسِ مَن يُجَادِلُ فِي اللَّهِ بِغَيْرِ عِلْمٍ وَلَا هُدًى وَلَا كِتَابٍ مُّنِيرٍ ﴿٢٠﴾
މާނައީ: "ހަމަކަށަވަރުން، އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗެއް اللَّه ތިޔަބައިމީހުންނަށްޓަކައި خدمة ތެރިކުރެއްވިކަން، ތިޔަބައިމީހުންނަށް ނޭނގޭހެއްޔެވެ؟ އަދި އެކަލާނގެ نعمة ތައް ފާޅުވެގެންވާ ގޮތުގައްޔާއި، ފޮރުވިގެންވާ ގޮތުގައި ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަކޮށްދެއްވިއެވެ. އަދި އެއްވެސް علم އަކާ ނުލައި، ނުވަތަ ތެދުމަގަކާ ނުލައި، ނުވަތަ އަލިކަން ދެނިވި ފޮތަކާ ނުލައި، اللَّه އާމެދު جدل ކުރާ ބަޔަކު، މީސްތަކުންގެތެރެއިން ވެތެވެ. (20)"