ދަންވަރު ހޭލައި ނިކަން މިފަދަ ދުޢާއެއް ކޮށްބަލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ދަންވަރު ހޭލައި ނިކަން މިފަދަ ދުޢާއެއް ކޮށްބަލާށެވެ!

ދަންވަރު ހޭލައި ރޭއަޅުކަންކުރުމަށްފަހު މިފަދަ ދުޢާއެއް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެނީ އަހުރެމެންގެ ކޮންމެ މީހެއްގެ ކިބައިގައިވެސް ރުރަނގަޅު ސިފަތަކެއް ހުންނާނެއެވެ. އެނގިގެންނާއި ނުއެނގިވެސް ފާފަތައް ކުރެވޭނެއެވެ. 

އެންމެ މުހިންމު އެއްކަމަކީ ކުރެވިފައިވާ ފާފަތައް ފުއްސަވައިދެއްވެވުމެވެ. އަދި އަހުރެމެންގެ ކިބައިގައި ހުންނަ ނުރަނގަޅު ސިފަތަކުން ސަލާމަތްވެވުމެވެ. ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ބިރުވެތިވެތިވެވޭނީ އެއިރުންނެވެ. ކިޔަމަންތެރިކަން އަދާކުރެވޭނީވެސް އެއިރުންނެވެ. 

ޔާ ﷲ! މިއަޅާއަށް ކުރެވިފައިވާ ހުރިހާ ފާފަތަކަށް ޢަފޫކުރައްވަވާނދޭވެ! އެނގި ހުރެގެންނާއި ނުއެނގިހުރެގެން ކުރެވިފައިވާ ފާތަކަށްވެސް ޢަފޫކުރައްވަވާނދޭވެ! މިއަޅާއަށް ކުރެވިފައިވާ ކުދި ބޮޑު އެންމެހައި ފާފަތަކަށް ޢަފޫކުރައްވަވާނދޭވެ! 

ޔާ ﷲ! އިނބަ ﷲ ގެ މަގަށް އެނބުރި ރުޖޫޢަވެ އިނބަ ﷲ ގެ މަގުގައި ޘާބިތުވެ ހުރުމުގެ ތައުފީޤް މިއަލާއަށް ދެއްވަވާނދޭވެ! މިއަޅާގެ ކިބައިގައި ހުރި ފާފަކުރެވުމުގެ ނުބައި އާދަތައް މިއަޅާގެ ކިބައިން ފިލުއްވަވައި ދެއްވަވާނދޭވެ! އަދި މިއަޅާގެ ކިބައިގައި ހުރި ނުރަނގަޅު ސިފަތަކުން މިއަޅާ ސަލާމަތްކޮށްދެއްވަވާނދޭވެ! އާމީން

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން