ހިދާޔަތު ނުލިބެނީ، ދިރިއުޅުމަށް ރަނގަޅު ގޮތް މެދުވެރިނުވަނީ ﷲ މިންވަރު ނުކުރައްވަވާތީ ކަމަށްބުނެ އަތްއުރާލައިގެން ތިބޭ މީހުން އެހަދަނީ ބޮޑު ގޯހެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ހިދާޔަތު ނުލިބެނީ، ދިރިއުޅުމަށް ރަނގަޅު ގޮތް މެދުވެރިނުވަނީ ﷲ މިންވަރު ނުކުރައްވަވާތީ ކަމަށްބުނެ އަތްއުރާލައިގެން ތިބޭ މީހުން އެހަދަނީ ބޮޑު ގޯހެއް!: މުފްތީ މެންކް

ތެދުމަގު ދެއްކުވުމާއި ދިރިއުޅުމަށް ރަނގަޅު ގޮތްތައް މިންވަރުކުރެއްވެވުން ވަނީ ﷲ ތަޢާލާގެ ޙަޟްރަތަށް ކަމަށް ބުނާ މީހުން އެބުނަނީ ތެދކެވެ. ބަހެއް މިބުނަނީ އެމީހުން އެބުނާ ބަހަކަށް ނޫނެވެ. ނަމަވެސް ތެދުމަގު ދެއްކުވުމާއި ދިރިއުޅުމަށް ރަނގަޅު ގޮތްތައް މިންވަރުކުރެއްވެވުން ވަނީ ﷲ ތަޢާލާގެ ޙަޟްރަތަށް ކަމަށް ބުނެ އަތް އުރާލައިގެން ތިބޭ މީހުންނަށެވެ. 

ﷲ ތަޢާލާ ވަނީ ތެދުމަގު ހޯދަން މަސައްކަތްކުރާ މީހުންނަށާއި ﷲ ތަޢާލާގެ މަގުގައި ޘާބިތުވެގެން ތިބެ ދިރިއުޅުމަށް ރަނގަޅު ގޮތްތައް ހޯދަން މަސައްކަތްކުރާ މީހުންނަށް އެކަމަށް މަގެއް ދައްކަވާނެ ކަމަށެވެ. ވީމާ ތެދުމަގު ދެއްކުވުމާއި ދިރިއުޅުމަށް ރަނގަޅު ގޮތްތައް މިންވަރުކުރެއްވެވުން ވަނީ ﷲ ތަޢާލާގެ ޙަޟްރަތަށް ކަމަށް ބުނެފައި އެކަންކަން ލިބިގަތުމަށް ތިމާކުރަންޖެހޭ މަސައްކަތް ނުކޮށް ހުރީމާ ނުކުންނާނީ ކޮން ނަތީޖާއެއް ހެއްޔެވެ؟ 

ދެން ބަލައިލަންވީ ޙަދީޘްފުޅަށެވެ. ޙަދީޘްފުޅުގައި އޮތީ ތިމާއަށް ފައިދާކުރާނެ ކަމަށް ތިމާއަށް ވިސްނޭ ކަންކަން ޙާޞިލުކުރަން ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދިގެން މަސައްކަތްކުރުމަށާއި އެމަސައްކަތުގައި ކަންނެތް ނުވުމަށެވެ. 

ތެދުމަގު ނުވަތަ ހިދާޔަތު ލިބިގަންނަން މަސައްކަތްކުރާ ފަދައިން ދިރިއުޅެން ކުރާ މަސައްކަތަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންދާނެ މަސައްކަތެއް ކަމަށް ހަދަންވެސް މަސައްކަތްކުރަންޖެހެއެވެ. މާނައަކީ މާނައަކީ ތިމާ ކުރާ ކޮންމެ ކަމެއްވެސް ވާންޖެހޭނީ އެކަމެއްގެ ސަބަބުން ތިމާ އާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނީ އެއިރުންނެވެ. 

ކަން މިހެން ހުރުމުން ތަްްވާވެރި ނުވެވެނީވެސް ދިރިއުޅުމަށް ރަނގަޅު ގޮތްތައް މެދުވެރި ނުވަނީވެސް ﷲ ތަޢާލާ މިންވަރު ނުކުރައްވަވާތީ ކަމަށްބުނެ އެއްވެސް މަސައްކަތެއް ނުކޮށް ކަންނެތްކަންމަތީގައި ހުރުމަކީ ދެކޮޅު ޖެހޭނެ ކަމެއް ނޫނެވެ. އަދި އެއީ އެއްވެސް މީހަކު ޢަމަލުކުރަން އޮތް ގޮތެއްވެސް ނޫނެވެ. އެއްވެސް މުސްލިމަކު އެގޮތަށް އެކަން ކޮށްގެންވެސް ނުވާނެއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން