ފަލަސްޠީނު ރައްޔިތުންގެ ކިބައިން ހުރިހާ މުސްލިމުން ލިބިގަންނަންޖެހޭ ފިލާވަޅު-: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ފަލަސްޠީނު ރައްޔިތުންގެ ކިބައިން ހުރިހާ މުސްލިމުން ލިބިގަންނަންޖެހޭ ފިލާވަޅު-: ބިލާލް އައްސަދު

ޔަހޫދީން މިއަދު އެއުޅެނީ ގޮތްހުސްވެގެންނެވެ. އެމީހުންނަށް ހުރި ކަންބޮޑުވުންތަކުން އަރައިނުގަނެވިގެންނެވެ. އެންމެ ބޮޑު އެއްސަބަބަކީ ފަލަސްޠީނުގެ ރައްޔިތުންނަށް ކިތަންމެ ބޮޑު ހިތްދަތިކަމެއް ދިނަސް މާޔޫސްވެ ފަހަތަށް ނުޖެހޭ ކަމެވެ. 

މިއަދުގެ ޙާލަތު ދުރުގައި ބާއްވާށެވެ! ފާއިތުވެގެން މިދިއަ ހަރުތަކުގެ ކޮންމެ ދުވަހަކީވެސް ފަލަސްޠީނުގެ އެތައް ބައަކު ޝަހީދުކުރާ ދުވަހެކެވެ. އެކަމުންވެސް ފަލަސްޠީނުގެ ރައްޔިތުންގެ ހިތްވަރު އެލުވައި ނުލެވުމުން ދެން ކުރަން ފެށިކަމަކީ ކުޑަކުދިން ޝަހީދުކުރުމާއި މައިންބަފައިންގެ ކުރިމަތީގައި ދަރިންނަށް އަނިޔާކުރުމާއި އަދި ހައްޔަރުކޮށްގެން ގެންދިއުމެވެ. 

މިއިން އެއްވެސް ކަމަކުން ފަލަސްޠީނުގެ ރައްޔިތުންގެ ހިތްވަރު އެލުވައެއް ނުލެވުނެވެ. ޔަހޫދީންނަށް އަޅުވެތިވެ އާދޭހެއް ނުކުރެއެވެ. ލިބުނު ދެރައަށް ޙަމްދުކޮށް ޘާބިތުކަންމަތީގައި ތިބީއެވެ. އެމީހުންނަކީ އަބަދުވެސް އެގޮތަށް ތިބޭނެ ބައެކެވެ. ﷲ ތަޢަލާ ވަނީ އެމީހުންނަށް އެބާރު ދެއްވަވައިފައެވެ. 

އަހުރެމެން ކޮންމެ މީހަކުވެސް މިކަމުގައި ފަލަސްޠީނުގެ ރައްޔިތުންގެ ކިބައިން ހިތްވަރު ލިބިގަންނަން އެބަޖެހެއެވެ. ކިތަންމެ ބޮޑު ހިތްދަތިކަމެއް، ގެއްލުމެއް ލިބުނަސް ކަރުއެލުވާލައި އަނިޔާކުރި މީހާއަށް އަޅުވެތިނުވެ ހަމައެކަނި ﷲ ތަޢާލާއަށް އަޅުވެތިވެގެން ދިރިއުޅެން ދަސްކުރަން އެބަޖެހެއެވެ.

 

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން