ކުރެވޭ ހެޔޮކަމަށް ދެއްވަވާނެ ޘަވާބާ ކުރެވޭ ފާފައަށް ދެއްވަވާނެ ޢަޛާބުގެ ޙިސާބު ޖަހާމީހުން އެހަދަނީ އެންމެ ބޮޑު ގޯސް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ކުރެވޭ ހެޔޮކަމަށް ދެއްވަވާނެ ޘަވާބާ ކުރެވޭ ފާފައަށް ދެއްވަވާނެ ޢަޛާބުގެ ޙިސާބު ޖަހާމީހުން އެހަދަނީ އެންމެ ބޮޑު ގޯސް!

ކުރެވޭ އެއްވެސް ފާފައެއް ކުރުން ހުއްޓައިލަން ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ހުންނާނެއެވެ. އެއުނދަގޫތައް ބޮޑުވެގެންދަނީ ފާފަކުރުން ހުއްޓާލިއަ ނުދޭން ޝައިޠޯނާ ވިއްދައިގެން ހުންނަވަރުންނެވެ. 

އެފަދަ ޙާލަތެއްގައި ހުރިނަމަ ވިސްނައިލާށެވެ! އަޅުކަން ކުރަމުން ފާފަކުރީމާ ޤިޔާމަތް ދުވަހު ޢަމަލުތައް މީޒާނުގައި ކިރައިލެވޭ ވަޤުތު ބުރަވާނީ ކޮން ކޮޅަކަށް ހެއްޔެވެ؟ އަދިވެސް ވިސްނައިލާށެވެ. ފާފަކުރުން ހުއްޓައިލަން މަސައްކަތް ނުކުރާނަމަ އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް އެއްވެސް ބިރުވެތިކަމެއް ނެތެވެ. 

ދެން މިބުނަނީ އެންމެ މުހިންމު ވާހަކައެވެ. ކުރެވޭ ފާފަތައް ކުރުން ހުއްޓާލަން އެންމެ ބޮޑަށް ހިތްވަރު ލިބިގެންދާނެ ޙަދީޘްފުޅެވެ. އެއީ ﷲ ތަޢާލާއަށްޓަކައި ކަމެއް ހުއްޓާލައިފިނަމަ ބަދަލުގައި މާބޮޑު ހެޔޮ ގޮތެއް މިންވަރުކުރައްވަވާނެ ކަމަށް އޮންނަ ޙަދީޘްފުޅެވެ.

މިހަދީޘްފުޅުން ހިތްވަރު ލިބިގެންފި މީހަކަށް ފާފަކުރުމާއި ދުރުހެލިވެވޭނެއެވެ. ފާފަކުރުން ހުއްޓައިލެވޭނެއެވެ. އިން ޝާ ﷲ 

އަހުރެމެންނަށް މިއަދު ވެގެން މިއުޅޭ ގޮތަކީ ހިސާބުޖަހަން މާމޮޅުވެވެނީއެވެ. ކުރެވޭ އަޅުކަމަށް ދެއްވަވާނެ ޘަވާބާއި ކުރެވޭ ފާފައަށް ދެއްވަވާނެ ޢަޛާބުގެ މިންވަރުގެ ހިސާބު އަމިއްލައަށް ހަދަނީއެވެ. ނަމަވެސް މިއީ ކިހިނަކުން ކުރެވޭނެ ކަމެއް ހެއްޔެވެ؟ 

ވިސްނައިލާށެވެ! ހެޔޮކަމެއް ކުރުމުން ދެއްވަވާ ޘަވާބު 10 ކަމަށް ބަލާއިރު އެއިގެ ބުރަދަން އެނގޭހެއްޔެވެ؟ ފާފައެއް ކުރުމުން ދެއްވަވަނީ 1 ޢަޛާބު ނަމަވެސް އެއިގެ ބުރަދަން އެނގެނީ ހެއްޔެވެ؟ އަދިވެސް ކީއްހެއްޔެވެ؟ ކުރި އަޅުކަން ﷲ ތަޢާލާ ޤަބޫލުފުޅު ކުރެއްވެވިކަން އެނގެނީ ހެއްޔެވެ؟ 

ވީމާ ޘަވާބާއި ޢަޛާބުގެ ހިސާބުޖެހުން އަވަހަށް ހުއްޓައިލާށެވެ! އެންމެ ފާފައެއްވެސް ނުކުރުމަށާއި ވީހައި ގިނައިން ހެޔޮ ޢަމަލުކުރަން މަސައްކަތްކުރާށެވެ! އެއިރުން ސުވަރުގެ ވައްދަވާނެތެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން