ޣައްޒާއާއި ވެސްޓްބޭންކުގެ ސަރަޙައްދުތަކަށް ރޭ ވެސް ވަނީ ބޮން އަޅައި އެތައް ސަތޭކަ ބައަކު ޝަހީދުކޮށްލައިފައެވެ. ޝަހީދުވި މީހުންގެ ޢަދަދު މިހާރުވަމީ 10،500 އަށްވުރެ މައްޗަށް ގޮސްފައެވެ.
ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން ރޭ ވަނީ ޣައްޒާގައި ހުރި އެންމެ ބޮޑު މެޑިކަލް ސެންޓަރ، އަލްޝިފާ ހޮސްޕިޓަލަށްވެސް ޙަމަލާދީފައެވެ. ހޮސްޕިޓަލުގައި ބާރުގަދަ ގޮވުންތަކެއް ގޮވި ކަމަށް ވަނީ ޚަބަރު ފެތުރިފައެވެ.
އަލްޝިފާ ހޮސްޕިޓަލުން މިހާރުވެސް ގެންދަނީ 5000 އަށްވުރެ ގިނަ މީހުން ފަރުވާ ހޯދަމުންނެވެ. ޖާގަ ނުލިބިގެން އެޑްމިޓް ނުކުރެވިފައިވެސް އެތައް ސަތޭކަ ބައަކު އެބަ ތިއްބެވެ. އަދި ބޮން އަޅައި ޢިމާރާތްތައް ހަލާކުކުރަމުން ގެންދާތީ ވަންނާނެ ތަނެއް ނެތިގެން އެ ސަރަޙައްދުގައި އެތައް ހާސް ބައަކު މަޑުކޮށްގެންވެސް އެބަތިއްބެވެ.