ޓެކްސީ ޑްރަވަރަކު ޓެކްސީކުރަމުން ޤުރްއާން ހިތުދަސްކޮށްފި- އޭނާބުނަނީ މިއީ ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަމެއްކަމަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ޓެކްސީ ޑްރަވަރަކު ޓެކްސީކުރަމުން ޤުރްއާން ހިތުދަސްކޮށްފި- އޭނާބުނަނީ މިއީ ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަމެއްކަމަށް!

އަޅުގަނޑަކީ ވަރަށް ބުރަކޮށް މަސައްކަތްކުރާ މީހަކީމެވެ. އެކަމަކުވެސް ޤުރްއާން ހިތުދަސްކުރަން ބޭނުންވެއެވެ. އެކަމަކަށް ވަޤުތެއް ނުލިބެއެވެ. އެހެންވީމާ އަޅުގަނޑަށް މިކަމުގައި މަގެއް ބުނެދެއްވަފާނަންތޯ؟

 

ޖަވާބުގައި ފުރަތަމަވެސް ބުނަންޖެހެނީ ޤުރްއާން ހިތުދަސްކުރަން ތިފަދަ ބޮޑު ޝައުޤުވެރިކަމެއް އޮތީތީ އުފާކޮށް މަރުޙަބާކިޔަމެވެ. ތިއަ ކަމަށް ނިޔަތް އޮތް ނަމަ މަގެއް ފެންނާނެއެވެ. އިން ޝާ ﷲ. ޢިބްރަތް ޙާޞިލުކުރަންވީ ތިރީގައިވާ ވާހަކަ ފަދަ ކަންކަމުންނެވެ. ހިތްވަރު ލިބިގަންނަންވީ އެފަދަ މީހުންގެ ކިބައިންނެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދިގެން އަވަހަށް މަސައްކަތް ފަށާށެވެ! ކާމިޔާބުވާނެއެވެ. އިން ޝާ ﷲ

އަބޫ ހަފްސާއަކީ އިނގިރޭސިވިލާތުގައި ޓެކްސީކުރާ އުމުރުން 30 އަހަރުގެ ޑްރައިވަރެކެވެ. އޭނާ ވަނީ އޭނާ ޤުރްއާން ހިތުދަސްކުރަން މަސައްކަތކުރި ގޮތް ކިޔައިދީފައެވެ.

"އަހަރެން ހަދާ ގޮތަކީ އާޔަތެއް ކިޔުމަށްފަހު ކާރު ދުއްވަމުން އެ އާޔަތް ތަކުރާރުކުރަނީ. ދެން ދެވަނަ އާޔަތް ހަމަ އެގޮތަށް ކިޔައި ދަސްކުރަނީ. އެގޮތަށް އާޔަތްތައް ގުޅުވައިގެން ކިޔަމުން ގެންދަނީ."

އަބޫ ހަފްސާ ބުނަނީ ރަނގަޅަށް މަސައްކަތްކުރެވިއްޖެނަމަ 20 ދުވަހުން ފޮތެއް ދަސްކުރެވޭނެ ކަމަށެވެ. 18 މަސްދުވަހުން ޤުރްއާން އެކުގައި ިތުދަސްކުރެވޭނެކަމަށެވެ. ނަމަވެސް ބައެއް ދުވަސްދުވަހު ކަންނެތްވާތީ އޭނާއަށް ދަސްކުރެވުނީ 3 އަހަރުން ކަމަށެވެ. އަދި ޤުރްއާން ހިތުދަސްކުރަން ވަކި ޢުމުރެއް ނެތް ކަމަށާއި ކޮންމެ ޢުމުރެއްގައިވެސް ދަސްކުރެވޭނެ ކަމަށެވެ.

ގުޅުންހުރި ވީޑިއޯ:

https://www.youtube.com/watch?v=LZSFUOHl7ss

މިއަދު އޮންލައިން