މުޞީބާތެއް ކުރިމަތިވުމުން ކަންބޮޑުނުވާންވީ ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
މުޞީބާތެއް ކުރިމަތިވުމުން ކަންބޮޑުނުވާންވީ ސަބަބު-

އަބަދުވެސް ބުނެވޭ ފަދައިން އެއްވެސް މުޞީބާތެއް ކުރިމަތިވުމުން އެއްވެސް މީހަކު ކުށްވެރި ނުކުރާށެވެ! އެއީ މިވެނި މީހެއްގެ ސަބަބުން މެދުވެރިވި ކަމެއްކަމަށް ނުބުނާށެވެ! އަދި އެއްވެސް މީހަކަށް ނަފްރަތުވެސް ނުކުރާށެވެ! 

ތިބާއާއި ހަމައަށް މުޞީބާތް އައީ ކޮންމެވެސް މީހަކު ނުވަތަ ބައަކު މެދުވެރިވެގެން ކަމަށްވެދާނެއެވެ. ތިބާއަށް ގެއްލުންދޭން އެމީހަކު ނުވަތަ ބައަކު މަސައްކަތްތަކެއް ކުރިކަމަށްވެސް ވެދާނެއެވެ. ޔަޤީންކުރަންވީ ކަންތައް މިއާޔަތުގައި އެވަނީއެވެ.

"އެއްވެސް މުޞީބަތެއް، ތިމަންރަސްކަލާނގެ އެ މުޞީބަތެއް ވުޖޫދަށް ނެރުއްވުމުގެކުރިން ފޮތެއްގައި (އެބަހީ: އައްލައުޙުލް މަޙްފޫޡުގައި) ލިޔުއްވާފައިވާ ޙާލުގައި މެނުވީ، ބިމަށްވިޔަސް ނުވަތަ ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށްވިޔަސް އައިސް ނުޖެހެއެވެ. ހަމަކަށަވަރުން، އެކަންތަކަކީ ﷲއަށް ދާދިފަސޭހަ ކަމެކެވެ."

"އެއީ) ތިޔަބައިމީހުންގެ ކިބައިން ފާއިތުވެހިނގައްޖެ ކަމެއްގެ މައްޗަށް ތިޔަބައިމީހުން ހިތާމަ ނުކުޅައުމަށާއި، އަދި އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވައިފިކަމެއްގެ މައްޗަށް އުފާކޮށް ބޮޑާވެ ނުގަތުމަށްޓަކައެވެ. ކިބުރުވެރިވެ، ފަޚުރުވެރިވާ އެއްވެސް މީހަކުދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ".

(އަލްޙަދީޑް: 22، 23)

އަހުރެމެންނަށް އެއްވެސް ބާވަތެއްގެ ތަކްލީފެއް އުފުލަން ޖެހިއްޖެ ނަމަ އަދި ހިތްދަތި ޙާލަތެއް ކުރިމަތިވިނަމަވެސް އެއްވެސް މީހަކާއިމެދު ކަންބޮޑުނުވެ ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވަންވީ މިހެންވެގެންނެވެ. އެކަމެއް ނެތިކުރައްވަވައި ބަދަލުގައި އުފާވެރިކަމާއި ހަމަޖެހުން ދެއްވެވުމަކީ—"ހަމަކަށަވަރުން، އެކަންތަކަކީ ﷲއަށް ދާދިފަސޭހަ ކަމެކެވެ." ވަޙީކުރައްވަޥާފައި އޮތުމުންނެވެ.

ހަމައެއާއިއެކު ﷲ ތަޢާލާ ނިޢުމަތްތައް ދެއްވެވުމުން ކިބުރުވެރިވެ ބޮޑާވެނުގަންނަންވީ ސަބަބުވެސް އެވަޏީ ވަޙީކުރައްވަވައިފައެވެ. " އަދި އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވައިފިކަމެއްގެ މައްޗަށް އުފާކޮށް ބޮޑާވެ ނުގަތުމަށްޓަކައެވެ. ކިބުރުވެރިވެ، ފަޚުރުވެރިވާ އެއްވެސް މީހަކުދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ".

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

މިއަދު އޮންލައިން