ޤައުމަށް ހަމަޖެހުން ބޭނުން! އެކަން ޙާޞިލްކުރެވޭނީ އެންމެން އެކަތިގަނޑަކަށްވެގެން މަސައްކަތްކޮށްގެން!: އިންތިޚާބީ ރައީސް ޑރ. މުޢިއްޒު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ޤައުމަށް ހަމަޖެހުން ބޭނުން! އެކަން ޙާޞިލްކުރެވޭނީ އެންމެން އެކަތިގަނޑަކަށްވެގެން މަސައްކަތްކޮށްގެން!: އިންތިޚާބީ ރައީސް ޑރ. މުޢިއްޒު

ދިވެހި ޤައުމަށް ހަމަޖެހުން ބޭނުންވާ ކަމަށާއި، ޤައުމު ކުރިއަރުވަން އެންމެން އެކަތިގަނޑަކަށް ވާންޖެހޭ ކަމަށާއި އެހެންކަމުން އެގޮތުގައި ކުރިއަށް ދިއުމަށް މަސައްކަތްކުރުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ކިބައިން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެދިވަދައިގެންފިއެވެ.

"އަޅުގަނޑުމެން އެންމެން ޤައުމު ކުރިއަރުންވަން ބޭނުންވޭ! އެކަމުގަ އެންމެން އެކަތިގަނޑަކަށްވާންޖެހޭ!"  

އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ މިއަދު ރާއްޖޭގައި ފާހަގަކުރާ ޖުމްހޫރީ ދުވަހުގެ ތަޙުނިޔާއާއި ހެޔޮ އެދުންތައް ރައްޔިތުންނަށް ފޮނުއްވަން ޢާންމުކުރެއްވި ވަރަށް ކުރު މެސެޖެއްގައެވެ. 

 ޑރ. މުއިއްޒު ވިދާޅުވީ ޖުމްހޫރީ ވެރިކަމުގެ ފޮނިމީރުކަން ރައްޔިތުންނަށް ލިބިގެން ދާނީ ރައްޔިތުންނާއި ސަރުކާރު ގުޅިގެން ގައުމު އިސްކޮށްގެން މަސައްކަތް ކޮށްގެން ކަމަށެވެ.

އެމަނިކުފާނުވަނީ ރާއްޖޭގައި މިއޮތް ޖުމްހޫރީ ވެރިކަމުގެ ނިޒާމު މިއަދާ ހަމައަށް ގެނެސްދިނުމުގައި މަސައްކަތް ކުރެއްވި ހުރިހާ ރައީސުންނަށް އަދި ހުރިހާ ކެބިނެޓްތަކުގައި މަސައްކަތް ކުރެއްވި ބޭފުޅުންނާއި، ހުރިހާ ވިޔަފާރިވެރިންނަށް، ސިޔާސީ ޕާޓީތަކުގެ ވެރިންނަށް ތަހުނިޔާ ދަންނަވާފައެވެ.

މިއަދު މެންދުރުފަހު 2.30ގައި ޓީވީއެމުން އަދި 3.30ގައި ޕީއެސްއެމްނިޔުސް އިން ފޮނުވާ ދިވެހިންގެރާއްޖެ، ޚާއްޞަ ޕްރޮގްރާމެއްގައި ޑރ. މުޢިއްޒު ބައިވެރިވެވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ.  

މިއަދު އޮންލައިން