ބުދުތަކަށާއި ޞަލީބަށް އަޅުކަން ނުކުރިނަމަވެސް ފައިސާއަށް އަޅުކަންކުރާނަމަ ﷲ އަށް އީމާންވެގެން ހުރި މީހަކަށްވާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ބުދުތަކަށާއި ޞަލީބަށް އަޅުކަން ނުކުރިނަމަވެސް ފައިސާއަށް އަޅުކަންކުރާނަމަ ﷲ އަށް އީމާންވެގެން ހުރި މީހަކަށްވާނެތަ؟

ބައެއް މީހުން ދެކޭ ގޮތުގައި ﷲ ތަޢާލާ ފިޔަވައި އެހެން ފަރާތަކަށް އަޅުކަންކުރުމަކީ އެހެން ދީނަކަށް، ބުދަކަށް، ޞަލީބަށް ނުވަތަ އެނޫންވެސް އެފަދަ މީހުން އަޅުކަންކުރަން ގެންގުޅޭ އެއްޗަކަށް އަޅުކަންކުރުމެވެ. އެހެންވެ މުސްލިމުން ތިބެނީ ވަރަށް ބޮޑަށް ހިތްހަމަޖެހިގެންނެވެ. އެއީ އެފަދަ އެއްޗަކަށް ތިމާ އަޅުކަން ނުކުރާތީއެވެ. 

އަހުރެންގެ ވިސްނުމުގައި އަދި އެވަރުން ފުއްދައިލެވޭކަށް ނެތެވެ. ސަބަބަކީ ފައިސާޢަކީވެސް މިއަދު ގިނަ ބައަކު އަޅުކަންކުރާ އެއްޗަކަށްމިވަނީ ވެފައެވެ. މިޘާލަކަށް ބަންގިގޮވުމުން ނަމާދުނުކޮށް ފައިސާހޯދަން މަސައްކަތްކުރާނަމަ އެމީހެއްގެ ކުރިމަތީގައި ﷲ ތަޢާލާއަށްވުރެ ފައިސާ މާމުހިންމެވެ. އަނބިދަރިންނަށް ދޭންޖެހޭ މިންވަރަށް ވަޤުތުނުދީ ފައިސާ އިތުރުކުރަން މަސައްކަތްކުރާނަމަ އަނބިދަރިންނަށްވުރެ ފައިސާ މާމުހިންމެވެ. މިޙާލަތުގައި އެމީހަކީ ފައިސާއަށް އަޅުކަންކުރާ މީހަކު ކަމުގައި ނުވާނީ ކިހިނަކުން ހެއްޔެވެ؟ 

ކޮންމެ ދީނަކަށް ބެލިނަމަވެސް އެބައަކު ޤަބޫލުކުރާ ކަލާނގެއަށްވުރެ މުހިންމު އެއްޗެއް ނުއޮންނާނެއެވެ. މިއީ އެންމެންވެސް ޤަބޫލުކުރާ ކަމެކެވެ. އިސްލާމް ދީނަށް ބަލައިފިނަމަ ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އީމާންވެ އަޅުކަންކުރުމަށްވުރެ މުހިންމު އެއްވެސް ކަމެއް އޮވެގެން ނުވާނެކަން ޤުރްއާނާއި ސުންނަތުން އެއޮތީ ފެންނާށެވެ! 

ދެން ނިކަން ބުނެބަލާށެވެ! ވަޤުތު ޖެހުމުން ނަމާދުނުކުރާ އެއްވެސް މީހާގެ ޙުކުމަކީ ކޮބައިހެއްޔެވެ؟ ވަޤުތުޖެހުމުން ނަމާދުނުކޮށް ފައިށާ ގިނަކުރަން މަސައްކަތްކުރާނަމަ އެމީހަކަށް އިސްކަން އެދެވެނީ ކޮންކަމަކަށް ހެއްޔެވެ؟ ﷲ ތަޢާލާއަށް ހެއްޔެވެ؟ ފައިސާއަށް ހެއްޔެވެ؟ ސަލާމަތް ބުއްދިން ވިސްނީމާ ކޮންމެ މީހަކަށްވެސް މިސުވާލުތަކުގެ ޖަވާބު ލިބޭނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން