ދަތިޙާލުގަ އުޅެންޖެހިފައިވާ އެކަނިވެރިމައިން އެންމެ ބޮޑަށް ސަމާލުކަންދޭންވީ ކަންތައް-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ދަތިޙާލުގަ އުޅެންޖެހިފައިވާ އެކަނިވެރިމައިން އެންމެ ބޮޑަށް ސަމާލުކަންދޭންވީ ކަންތައް-!

އަންހެނަކަށް ދަރިން ގޮވައިގެން އެކަނިވެރިކަމާއިއެކު ދަތިޙާލުގައި އުޅެން ޖެހުނަސް ބައްދަލުވާ އެންމެންގެ ގާތުގައި އެކަމުގެ ވާހަކަ ނުދައްކާށެވެ! ތިމާ މިއުޅެނީ ވަރަށް ދަތިޙާލުގައިކަން އެންމެންނަށް ކިޔައިނުދޭށެވެ. 

ގިނަފިރިހެނުން، ގިނަ ފަހަރު އަންހެނުންގެ އަގުވަޒަންކުރާނީ އެއަނހެނަކު ދިރިއުޅޭ ޙާލަތުގެ މައްޗަށެވެ. ދަތިޙާލުގައި ދިރިއުޅޭކަން އެނގިއްޖެނަމަ ގިނަވާނީ ދެރަކޮށް ނިކަމެތިކޮށްލަން ބޭނުންވާ ފިރިހެނުންނެވެ. އެކަމުން ނާޖާއިޒު ފައިދާ ނަގަން ބޭނުންވާނެ މީހުންނެވެ. 

ވީމާ ތިމާގެ ޙާލަތު ނުއެނގޭ، އަލަށް ބައްދަލުވާ މީހުންނަށް ޙާލަތު ބުނެދޭންޖެހޭނީ ވަރަށް ވިސްނުންތެރިކަމާއިއެކުގައެވެ. ތިމާހުރި ޙާލަތު އެނގުމުން ނާޖާއިޒު ފައިދާއެއް ނުނަގައި އެހީތެރިވެދޭނެކަމުގެ ޔަޤީންކަން ނެތް ހަމަ އެކަކުގެ ގާތުގައިވެސް ތިމާ ހުރީ ދަތިޙާލުގައިކަން ބަޔާން ނުކުރާށެވެ! 

ދަތިޙާލުގައި އުޅެންޖެހިފައިވާނަމަ ފުރަތަމަ ކަމަކަށް އޮތީ ދުޢާކުރުން ގިނަކުރުމެވެ. އެއިރުން ﷲ ތަޢާލާ އެމީހަކަށް އެހީތެރިކަން ފޯރުކުރައްވަވައި ދެއްވަވާނެތެވެ. ކޮންމެވެސް މީހަކު މެދުވެރިކުރައްވަވައިގެން ނަމަވެސްމެއެވެ. އެފަދަ މީހުން އައިސް ބޭކާރު ވާހަކަތަކެއް ނުދައްކާނެތެވެ. ނާޖާއިޒު ކަންކަމަކަށް ނުއެދޭނެތެވެ. 

އެއިގެ ބަދަލުގައި ބޭކާރު ވާހަކަތައް ދައްކާނަމަ އެމީހަކުވާނީ ޝައިޠޯނާ މެދުވެރިކުރުވި މީހަކަށެވެ. ނާޖާއިޒު ކަންކަމަށްވެސް އެމީހަކު އެދޭނެއެވެ. އެހެނީ ޝައިޠޯނާ އޭނާ އެފޮނުވީ އެކަންކަން ކުރުވަންވެގެންނެވެ. 

ވީމާ ދަތިޙާލުގައި އުޅެންޖެހިފައިވާ ކޮންމެ އަންހެނަކުވެސް މިކަންކަމަށް ސަމާލުވެ ދުޢާކުރުން ގިނަކުރާށެވެ! ދަތިޙާލުން އެމީހަކަށް ސަލާމަތްވެވޭނެ މަގެއް ދައްކަވައިދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން