މީސްތަކުންގެ ލޯތްބާ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބި ތިމާގެ ޤަދަރު އުފުލިގެންދާނެ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
މީސްތަކުންގެ ލޯތްބާ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބި ތިމާގެ ޤަދަރު އުފުލިގެންދާނެ ބައެއް ކަންކަން-

ހަރުދަނާ މީހެއްގެ ގޮތުގައި ދިރިއުޅެން ބޭނުންވާނަމަ ޢަމަލުކުރަންޖެހޭ ކަންތައްތަކެއް ހުރެއެވެ. އެކަންކަން ކޮށްފިނަމަ އެމީހަކަށް މީސްތަކުންގެ ލޯތްބާއި ﷲ ތަޢާލާގެ ރުހިވޮޑިގަތުންވެސް ދާނީ ލިބެމުްނނެވެ. އިން ޝާ ﷲ 

 

އެއިގެ ތެރެއިން ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ. 

- އެހެން މީހުންނަށް ތިމާގެ މޮޅުކަން ދައްކަން ކަންކަން ކުރަން ހަދައިގެން ދަރަނިވެރިނުވާށެވެ! 

- ޚިޔާލުތަފާތުވިޔަސް ތިމާއާއި ވަކިނުވެ ހުރުމަށް އާދޭސްކުރުން އޮތީ ހަމައެކަނި ބައިވެރިޔާއަށެވެ.

 

އެހެން އެއްވެސް މީހަކަށް އާދޭސްކުރުމެއް ނެތެވެ. ވަކިވާން ބޭނުންވާނަމަ ވަކިވެގެންދިއަދޭށެވެ. 

- ތިމާއަށް ޤަޞްދުގައި މަކަރު ހެދި މީހަކަށް އެފަދަ މަކަރެއް ހަދާނެ ފުރުޞަތު އިތުރަށް ނުދޭށެވެ. 

- ކިތަންމެ ގާތް މީހަކަށްވީނަމަވެސް ދަޢުވަތުނުދޭނަމަ އޭނާ ބާއްވާ ޙަފްލާތަކަށް ނުދާށެވެ. 

- ކިތަންމެ ބުރަކޮށް މަސައްކަތްކުރިނަމަވެސް މާތް ﷲ އަށް އަދާކުރަންޖެހޭ ވާޖިބުތައް ވަޤުތުން ވަޤުތަށް އަދާކުރާށެވެ! 

- އަބަދުވެސް ގައިން ތާހިރުވެ އަތުގައި ހުރި އެންމެ ސާފުތާހިރު ފޭރާން ލައިގެން ހުންނާށެވެ! އަތުގައި ހުރިނަމަ ހުވަނދުވެސްލައި ގައިން މީރުވަސް ދުއްވަންވާނެއެވެ. 

- ރުޅިއައި ނަމަވެސް ބަސްމަގު ރިވެތިކުރާށެވެ! މަޑުމައިތިރިކަން އިސްކޮށް ބަސްމަގު ރިވެތިކުރުމަކީ ރުޅި އައިނަމަވެސް އަތް ކޮންޓްރޯލްކުރަން އެހީތެރިވެދޭ ކަމެކެވެ. 

- ޚަރަދުކުރުމުގައި ތިމާ ޚަރަދުކުރުން ވާޖިބު މީހުންނަށް އިސްކަންދީގެން ޚަރަދުކުރާށެވެ! އަދި ކިތަންމެ ކުޑަ މިންވަރެއް ވިޔަސް އިޝްރާފް ނުކުރާށެވެ!

 

- ވަޤުތު ބޭކާރުނުކުރާށެވެ! 

- ކުރާ ކޮންމެ ކަމެއްގައިވެސް ތެދުވެރިކަން އިސްކުރާށެވެ!  

ތިބާގެ ދިރިއުޅުމުގައި އެންމެ ކުޑަމިނުން މިކަންކަމުގައި ހިފެހެއްޓުނަސް އެމީހެއްގެ ދަރަޖަ ދާނީ އުފުލެމުންނެވެ. މީސްތަކުންގެ ލޯތްބާއި އިޙްތިރާމްވެސް ދާނީ ލިބެމުންނެވެ. އަދި ﷲ ތަޢާލާގެ ރުހިވޮޑިގަތުންވެސް ދާނީ ލިބެމުންނެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން