ފަލަސްޠީނުގެ ރައްޔިތުން މިއަދުކުރަމުން އެގެންދާ ޖިހާދަކީ މަސްޖިދުލްއަޤްޞާ ޙިމާޔަތްކުރުމަށްޓަކައި ކުރަމުން ގެންދާ ޖިހާދެކެވެ. މަސްޖިދުލްއަޤްޞާ ޙިމާޔަތްކުރުމަކީ ހަމައެކަނި ފަލަސްޠީނުގެ ރައްޔިތުންގެ މައްޗަށް އޮތް ވާޖިބެއް ނޫނެވެ. ދުނިޔޭގައި ތިބި ހުރިހާ މުސްލިމުންގެ މައްޗަށް އޮތް ވާޖިބެކެވެ.
ދުނިޔޭގެ އާބާދީއަށް ބަލައިފިނަމަ 25 އިންސައްތަ (2 ބިލިއަން) މީހުންނަކީ މުސްލިމުންނެވެ. ފަލސްޠީނުގެ އާބާދީއަކީ 5.211 މިލިއަން މީހުންނެވެ. އެއިގެ ތެރެއިން 2 މިލިއަން މީހުން ތިބީ ޣައްޒާގައެވެ.
ކުރިން މިބުނި ފަދައިން މުސްލިމުންގެ އާބާދީގައި ހިމެނޭ 2 ބިލިއަން މުސްލިމުންގެ ފަރާތުން މަސްޖިދުލްއަޤްޞާ ހިމާޔަތްކުރަން ފަލަސްޠީނުގެ ރައްޔިތުން މަސައްކަތްނުކުރާނަމަ މަސްޖިދުލްއަޤްޞާގެ ވަސްވެސް މިއަދު "ނުފެންނާނެ" އެވެ. ވީމާ މަސްޖިދުލްއަޤްޞާ ޙިމާޔަތްކުރަން ފަލަސްޠިނުގެ ރައްޔިތުން ކުރާ މަސައްކަތުގައި ކޮންމެ މުސްލިމަކުވެސް އެމީހަކަށް ވެވުނުވަރަކުން ބައިވެރިވާށެވެ!
- ޑރ. ޒާކިރު ނައިކުގެ އިލްތިމާސެއް