ކައިވެނި ރޫޅޭއިރަށް ޤިޔާމަތްވީކަމަށް ބަލައި ޝައިޠޯނާގެ ބަސްތަކަށް ނުހެއްލޭށެވެ! ޢަބުރާއި ޢިއްފަތް ރައްކައުތެރިކުރިމާ ކުރާ ފައިދާ މާބޮޑުވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ކައިވެނި ރޫޅޭއިރަށް ޤިޔާމަތްވީކަމަށް ބަލައި ޝައިޠޯނާގެ ބަސްތަކަށް ނުހެއްލޭށެވެ! ޢަބުރާއި ޢިއްފަތް ރައްކައުތެރިކުރިމާ ކުރާ ފައިދާ މާބޮޑުވާނެ!: މުފްތީ މެންކް

ކައިވެނި ރޫޅުމަށްފަހު މަގުން ކައްސާލައިގެންދާ ގިނަ މީހުން، ޚާއްޞަކޮށް ގިނަ އަންހެނުންނަށް އެޙާލަތު މެދުވެރިވަނީ ޝައިޠޯނާގެ ބަހަށް ހެއްލެވޭތީ އެވެ. އުފާވެރިކަން ލިބޭނީ ޝައިޠޯނާ ބުނާ ގޮތަށް ކަންތައްކޮށްގެން ކަމަށް ޤަބޫލުކުރެވޭތީއެވެ.

މިއީ ވަރަށް ބޮޑު ކުށްހީއެކެވެ. ޙަޤީޤީ އުފާވެރިކަން ލިބުން އޮތީ ކެތްތެރިވެގެންނެވެ. ކެތްތެރިވާންޖެހޭ މުއްދަތު ދިގުލައިގެންވެސް ހިނގައިދާނެއެވެ. މިސާލަކަށް ބަލާށެވެ! އެއްވެސް ކުށެއް ނުކުރެއްވެވި ނަމަވެސް 7 އަހަރުވަންދެން ހުރަގޭގައި ހުންނަވަން ޔޫސުފްގެފާނަށް ޖެހިވަޑައިގެންނެވިއެވެ.

ބައެއް މީހުންނަށް ހީކުރެވެނީ ކެތްތެރިވާންޖެހޭ މުއްދަތު ދިގުލައި ދިއުމުން ﷲ ތަޢާލާ ތިމާ އާއި ރުހިވޮޑިނުގަންނަވަނީ ކަމަށެވެ. ސުވާލަކީ ޔޫސުފްގެފާނުދެ ﷲ ތަޢާލާ ލޯބިފުޅުވެވޮޑިނުގަންނަވަނީ ހެއްޔެވެ؟ އެހެންނަކުން ހަމަހިލާ ނުވާނެއެވެ. ޔޫސުފްގެފާނުދެކެ ﷲ ތަޢާލާ ލޯބިފުޅުވެވޮޑިގަންނަވާވަރު ކީރިތި ޤުރްއާނުން އެއޮތީ އެނގޭށެވެ.

ވީމާ ކައިވެނި ރޫޅި، އަލުން ކައިވެންޏެއް ނުކުރެވި ދުވަސްކޮޅަކު މަޑުކުރަންޖެހުމަކީ އެއްވެސްހާލެއްގައި މާޔޫސްވާންޖެހެންވީ ސަބަބެއް ނޫނެވެ. އެއްވެސް ހިތްދަތިކަމެއް އަބަދަކަށް ދެމިނުއޮންނާނެއެވެ. ނިމުން އަންނާނެއެވެ. ކޮންމެ މުޞީބާތަކާށއިއެކު ނިޢްމަތެއްވާނެކަމަށް ޤުރްއާނުގައި އޮތް ވަޙީބަސްފުޅަށް އިތުބާރުކުރާށެވެ!

ވީމާ ކައިވެނި ރޫޅޭއިރަށް ޤިޔާމަތްވީކަމަށް ބަލައި ޝައިޠޯނާގެ ބަސްތަކަށް ނުހެއްލޭށެވެ. ޢަބުރާއި ޢިއްފަތް ރައްކައުތެރިކުރާށެވެ! ﷲ ތަޢާލާ ދެއްވަވާ ނިޢްމަތް މާމަތިވެރިވާނެއެވެ. ދެން ދެއްވަވާ ފިރިމީހާ/ އަނބިމީހާ މާފުރިހަމަވާނެއެވެ! އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން