ދަރިންގެ ލޯބި ބޭނުންނަމަ ފުރަތަމަ ކަމަކަށް ދެމަފިރިންގެ އުޅުމުން އިޞްލާޙްކުރަން ޖެހޭނެ ބައެއް ކަންކަން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ދަރިންގެ ލޯބި ބޭނުންނަމަ ފުރަތަމަ ކަމަކަށް ދެމަފިރިންގެ އުޅުމުން އިޞްލާޙްކުރަން ޖެހޭނެ ބައެއް ކަންކަން!: މުފްތީ މެންކް

މިހާރަކަށް އައިސް މައިންބަފައިން އެންމެ ގިނައިން ޝަކުވާކުރަނީ ދަރިންގެ ލޯބި ނުލިބޭތީއެވެ. އަޅާނުލައި ފަރުވާކުޑަކުރާތީއެވެ. ހަމައެއާއިއެކު ދަރިން ޝަކުވާކުރަނީ މައިންބަފައިންގެ އަޚްލާޤާއިމެދުގައެވެ. މައިންބަފައިންގެ އުޅުން ގޯސްކަމުންނެވެ.

މިފަދަ ޝަކުވާތަކާއި ގުޅިގެން ބައްޕައިންނަށް ބުނެލަން އޮތީ ދަރިންގެ މައިމީހާއަށް އިހާނެތިކޮށް ހިތާނަމަ ދަރިންގެ ނުރުހުން ލިބޭނެއެވެ. ބަލިވުމުން ބޭސްފަރުވާކޮށދިނުމުގައި އިހްމާލްވާނަމަ ދަރިން ކަންބޮޑުވާނެއެވެ. ބައްޕަ ހިލޭ އަންހެނުންނާއި ސިއްރުން ގުޅުން ހިނަގާކަން އެނގި މައިމީހާ ހިތާމަކުރާނަމަ އެކަމުގެ ތެރެއަށް ބޮޑެތިވެފައިވާ ކުދިން ވަންނާނެއެވެ. ބަސްބުނާނެއެވެ. ކަންކަންވެސް ކުރާނެއެވެ.

ހަމައެގޮތަށް މައިންވެސް ހިލޭ ފިރިހެނުންނާއި ގުޅުންބާއްވައި ފޯނުކޮށް ހަދާނަމަ ދަރިން ނަފްރަތުކުރާނެއެވެ. ބައްޕައާއި އަޅާނުލައި ފަރުވާކުޑަކުރާނަމަވެސް ދަރިން ރުޅި އަންނާނެއެވެ. މައިމީހާކަމަށްވީތީ ކުރާ ކޮންމެ ކަމަކީ ރަނގަޅު ކަމެއްކަމަށް ދެކެ އަތްއުރާލައިގެން، އަނގަޓަލުލައިގެން ނުތިބޭނެއެވެ. އެ ޙާލަތުގައި ދަރިން ދެކެ ރުޅި އައުމުގެ އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟

ވީމާ ފުރަތަމަކަމަކަށް ތިމާ އިޞްލާޙްވާށެވެ! އެކުދިންގެ މައިމީހާ، ތިބާގެ އަނބިމީހާއަށް ތބާ ރަނގަޅަށް ކަންކަންކުރާށެވެ! އަދި ތިބާގެ ފިރިމީހާ، ދަރިންގެ ބައްޕައަށްވެސް ހެޔޮކޮށް ކަންކަން ކުރާށެވެ. ދެމަފިރިންނަކީ އެކަކު އަނެކަކަށް އަޅައިލާ ލޯބިދޭ މީހަކަށްވާށެވެ. ނޫންނަމަ ދުނިޔޭގައިވެސް އެމީހަކަށް އެކަމުގެ ގެއްލުން ނުލިބި ނުދާނެއެވެ. އުމުރުން ދުވަސްވެ މުސްކުޅިވާ ދުވަހު ބާކީވާންޖެހޭ މީހުން ގިނަވަމުންދަނީ މިފަދަ ކަންކަމަށް ވިސްނާނުލައި ކަންކަންކުރާތީއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން