ދެމަފިރިން އެކުގަ އަޅުކަންކުރުމުން ލިބޭނެ އެންމެ ބޮޑު ފައިދާ ކާފިރުންގެ ދިރާސާތަކުން ހާމަވެއްޖެ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ދެމަފިރިން އެކުގަ އަޅުކަންކުރުމުން ލިބޭނެ އެންމެ ބޮޑު ފައިދާ ކާފިރުންގެ ދިރާސާތަކުން ހާމަވެއްޖެ-

ކަމުގެ މާހިރުން ކުރާ ދިރާސާތަކުން އެނގޭ ގޮތުގައި އަލަތު ކައިވެނީގެ ތެރެއިން 50 އިންސައްތަ ނުވަތަ ދެބައިކުޅަ އެއްބައި ކައިވެނި ރޫޅިގެން ދެއެވެ. އަދި ދެވަނައަށް ކުރާ ކައިވެނީގެ ތެރެއިން 08 އިންސައްތަ ޢާއި ގާތަށް ކައިވެނި ރޫޅެއެވެ. ނަމަވެސް އެކުގައި އަޅުކަންކުރާ ދެމަފިރިންގެ ތެރެއިން ކައިވެނި ރޫޅޭ ނިޞްބަތް 1 އިންސައްތައަށްވުރެވެސް މަދެވެ.  

މިއީ މުސްލިމުން ކޮށްފައިވާ ދިރާސާތަކުން އެނގޭ ކަންކަމެއް ނޫނެވެ. ޣައިރު މުސްލިމުންގެ ދިރާސާތަކުން އެނގޭ ކަންކަމެވެ.  

މިފަދަ ދިރާސާތަކުންވެސް އެނގިގެން މިދަނީ ދެމަފިރިން އެކުގައި އަޅުކަންކުރުމުގެ މުހިންކަން ބޮޑުކަމެވެ. އެކުގައި ރޭއަޅުކަންކުރުމާއި ދުޢާކުރުމާއި އެކުގައި ޛިކުރްކުރުން ފަދަ ކަންކަމަށް ވަޤުތު ހޭދަކުރުމުގެ މުހިންމުކަމެވެ.  

ކަންކަން ވާނެ ގޮތް ނުއެނގެނީ އަހުރެމެންނަށެވެ. އަހުރެމެން އުފެއްދެވި ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. ވީމާ އިސްލާމް ދީނުގައި ބަޔާންވެގެންވާ ކޮންމެ ކަމަކީވެސް އަހުރެމެންނަށް އެންމެ ބޮޑަށް ފައިދާކުރާނެ ކަންކަމެވެ. އެންމެ ބޮޑަށް ފައިދާކުރާނެ ގޮތެވެ.  

ހިތާމައަކީ ދީނުގައި ބަޔާންވެގެންވާ ކަންކަމަށް ޢަމަލުނުކުރެވޭކަމެވެ. ކޮންމެހެން ކައިވެނީގެ ކަންކަމެއް ނޫނެވެ. ދިރިއުލުމުގެ ހުރިހާ ކަންކަމުގައިވެސް އަހުރެމެންނަށް އެންމެ ބޮޑަށް ފައިދާކުރާނީ ދީނުގައިވާ މަގުން ޢަމަލުކުރުމުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން