މަންމަގެ ފައިކައިރީ ހުންނާށެވެ. އޭރުން ސުވަރުގެ ދެވޭނެއެވެ.: ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 53ސ
މަންމަގެ ފައިކައިރީ ހުންނާށެވެ. އޭރުން ސުވަރުގެ ދެވޭނެއެވެ.: ޙަދީޘް

މާތް ﷲ ރުއްސުންލެއްވި މުޢާވިޔާ ބިން ޖާހިމަތިއްސަލަމީ އޭ ކިޔުނު ޞަޙާބީއަކު ވިދާޅުވިއެވެ.  

(أَتَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقُلْتُ : يَا رَسُولَ اللَّهِ إِنِّي كُنْتُ أَرَدْتُ الْجِهَادَ مَعَكَ أَبْتَغِي بِذَلِكَ وَجْهَ اللَّهِ وَالدَّارَ الآخِرَةَ : قَالَ : وَيْحَكَ أَحَيَّةٌ أُمُّكَ ؟ قُلْتُ : نَعَمْ . قَالَ : ارْجِعْ فَبَرَّهَا . ثُمَّ أَتَيْتُهُ مِنْ الْجَانِبِ الآخَرِ فَقُلْتُ : يَا رَسُولَ اللَّهِ ، إِنِّي كُنْتُ أَرَدْتُ الْجِهَادَ مَعَكَ أَبْتَغِي بِذَلِكَ وَجْهَ اللَّهِ وَالدَّارَ الآخِرَةَ ، قَالَ : وَيْحَكَ ! أَحَيَّةٌ أُمُّكَ ؟ قُلْتُ : نَعَمْ يَا رَسُولَ اللَّهِ . قَالَ : فَارْجِعْ إِلَيْهَا فَبَرَّهَا . ثُمَّ أَتَيْتُهُ مِنْ أَمَامِهِ فَقُلْتُ : يَا رَسُولَ اللَّهِ ، إِنِّي كُنْتُ أَرَدْتُ الْجِهَادَ مَعَكَ أَبْتَغِي بِذَلِكَ وَجْهَ اللَّهِ وَالدَّارَ الآخِرَةَ ، قَالَ : وَيْحَكَ ! أَحَيَّةٌ أُمُّكَ ؟ قُلْتُ : نَعَمْ يَا رَسُولَ اللَّهِ . قَالَ : وَيْحَكَ الْزَمْ رِجْلَهَا فَثَمَّ الْجَنَّةُ)  

މާނައީ: ތިމަންނާ ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހަށް ގޮސް ދެންނެވީމެވެ. ﷲ ގެ ވަޖްހުފުޅަށާއި އާޚިރަތުގެ ބާއްޖެވެރިކަމަށް އެދި ކަލޭގެފާނުގެ އަރިހުގައި ޖިހާދަށް ނިކުތުމަށް ގަޞްދުކޮށްފީމެވެ. ޙަދީޘް ކުރެއްވިއެވެ. "ކަލޭގެ މަންމަ ދުނިޔޭގައި އެބަހުރި ހެއްޔެވެ؟"، އަހަރެން ދެންނެވިއެވެ. "އާއެކެވެ". ޙަދީޘް ކުރެއްވިއެވެ. "އެނބުރިގޮސް މަންމަ އަށް ހެޔޮކޮށް ހިތާށެވެ".  

ދެން އެހެން ފަރާތަކުން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހަށް ގޮސް އަނެއްކާވެސް ދެންނެވީމެވެ. "ﷲ ގެ ރަސޫލައެވެ. އަހަރެން ޖިހާދަށް ދާން މިއުޅެނީ ﷲ ގެ ވަޖްހުފުޅަށާއި އާޚިރަތުގެ ބާއްޖެވެރިކަމަށް އެދިގެންނެވެ". ޙަދީޘް ކުރެއްވިއެވެ."ކަލޭގެ މަންމަ ދުނިޔޭގައި އެބަހުރި ހެއްޔެވެ؟"، އަހަރެން ދެންނެވިއެވެ. "އާއެކެވެ". ޙަދީޘް ކުރެއްވިއެވެ. "އެނބުރިގޮސް މަންމަ އަށް ހެޔޮކޮށް ހިތާށެވެ". 

ދެން އެކަލޭގެފާނުގެ ކުރިމަތިފުޅުން ބައްދަލުކޮށް ދެންނެވީމެވެ. "ﷲ ގެ ރަސޫލައެވެ. އަހަރެން ޖިހާދަށް ދާން މިއުޅެނީ ﷲ ގެ ވަޖްހުފުޅަށާއި އާޚިރަތުގެ ބާއްޖެވެރިކަމަށް އެދިގެންނެވެ". ޙަދީޘް ކުރެއްވިއެވެ."ކަލޭގެ މަންމަ ދުނިޔޭގައި އެބަހުރި ހެއްޔެވެ؟"، އަހަރެން ދެންނެވިއެވެ. "އާއެކެވެ". ޙަދީޘް ކުރެއްވިއެވެ. "މަންމަގެ ފައިކައިރީ ހުންނާށެވެ. އޭރުން ސުވަރުގެ ދެވޭނެއެވެ".

އެހެން ރިވާޔަތެއްގައި އައިސްފައިވެއެވެ. (فَالْزَمْهَا فَإِنَّ الْجَنَّةَ تَحْتَ رِجْلَيْهَا) މާނައަކީ: "މަންމަ ގާތުގައި ހުންނާށެވެ. ސުވަރުގެ ވަނީ މަންމަގެ ދެފައި ދަށުގައެވެ". 

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފްގެ ލިޔުއްވުމަކުން

މިއަދު އޮންލައިން