މުސްލިމް ޤައުމުތައް އެކުވެރިވެ އެއްބައަކަށްވާއިރަށް ފަލަސްޠީނުގެ މައްސަލައާ މުސްލިމުންނަށް ދެން ހުރި މައްސަލަތައްވެސް ޙައްލުވާނެ! އިން ޝާ ﷲ: ޑރ. ޒާކިރް ނައިކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
މުސްލިމް ޤައުމުތައް އެކުވެރިވެ އެއްބައަކަށްވާއިރަށް ފަލަސްޠީނުގެ މައްސަލައާ މުސްލިމުންނަށް ދެން ހުރި މައްސަލަތައްވެސް ޙައްލުވާނެ! އިން ޝާ ﷲ: ޑރ. ޒާކިރް ނައިކް

މުސްލިމް ޤައުމުތަކުން ފަލަސްޠީނަށް އެހީތެރިނުވާކަމަކަށް ނުބުނަމެވެ. ފަލަސްޠީނުގެ މައްސަލައަށް ކަންބޮޑުނުވާ ކަމަކަށްވެސް ނުބުނަމެވެ. ނަމަވެސް ޙަޤީޤީ ނަތީޖާއެއް ނެރެވޭނީ މުސްލިމް ޤައުމުތައް އެއްބައިވެ އެކަތިގަނޑަކަށްވެގެންނެވެ. މުސްލިމް ޤައުމުތައް ގުޅި އެކުވެރިވެ އެއްބައަކަށްވެއްޖެނަމަ މުސްލިމުން ބަލި ނުކުރެވޭނެއެވެ. ފަލަސްޠީނުގެ މައްސަލަވެސް ޙައްލުކުރެވޭނެއެވެ. 

ބުނަން ހެއްޔެވެ؟ މުސްލިމް ޤައުމުތައް އެއްބައަކަށްވެ އެކުގައި މަސައްކަތްކުރަން ފަށައިފިނަމަ ފަލަސްޠީނުގެ މައްސަލަވެސް އަދި ދެން ހުރި މައްސަލަތައްވެސް ޙައްލުކުރެވޭނެއެވެ. އިން ޝާ ﷲ. އަދި ކީއްހެއްޔެވެ؟ އަނިޔާވެރިންނަށް ޢިބްރަތަކަށްވާނެ ވަރުގެ ފިލާވަޅުތަކެއް ﷲ ތަޢާލާ ދެއްވަވާނެއެވެ. އެއީ ޝައްކުކުރަންޖެހޭނެ ކަމެއް ނޫނެވެ. ޤުރްޢާނުން އެކަން އެނގެން އެބައޮތެވެ.

- ޑރ. ޒާކިިރު ނައިކް 

މުސްލިމް ޤައުމުތަކަށް އެއްބައިވަންތަ ނުވެވިގެން މިއުޅޭ އެންމެ ބޮޑު އެއް ސަބަބަކީ އެމެރިކާއެވެ. އެމެރިކާގެ ފިތުނަފަސާދައެވެ. ކޮންމެ ޤައުމަކަށްވެސް ވިސްނައިދެނީ އަނެއް ޤައުމުން އުޅެނީ އެޤަުމަށް ވެރިވެގަންނަން ކަމެވެ. އެކަމުގެ ހެކިދައްކަން އެމެރިކާގެ ރޭވުމުގެދަށުން އަގުދީގެން ޖަރީމާތައްވެސް ހިންގުވައެވެ. 

އެހެންވެ މުސްލިމް ޤައުމުތަކުގެ ވެރިން މިއަދު ﷲ އަށްވުރެ ބޮޑަށް ވާގިއެދެނީ އެމެރިކާގެ ކިބައިންކަމަށާއި ބޮޑަށް ބިރުވެތިވަނީވެސް އެމެރިކާއަށް ކަމަށް ބުނެވެން އޮތް ސަބަބުތައް އަބަދުވެސް ދަނީ ފެންނަމުންނެވެ.

 

 

މިއަދު އޮންލައިން