އަންހެނަކަށް ލޯބިހުށަހެޅުމުން ޖަވާބުނުދީ ލަސްކުރާނަމަ އެއީވެސް ޖަވާބެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
އަންހެނަކަށް ލޯބިހުށަހެޅުމުން ޖަވާބުނުދީ ލަސްކުރާނަމަ އެއީވެސް ޖަވާބެކެވެ!

އަންހެނަކަށް ލޯބިހުށަހެޅުމުން ޖަވާބުނުދީ ގިނަދުވަސްކުރާނަމަ އެއަންހެނެއްގެ ފަހަތުން ނުދުވާށެވެ. ގިނަ އަންހެނުންނަކީ އެކަނބަލުން ރުހޭ ފިރިހެނެއްގެ ފަރާތުން ލޯބި ހުށަހަޅައިފިނަމަ އެކަން ޤަބޫލުކުރަން ހިނދުކޮޅަކުވެސް މަޑުކޮށްލާނެ ބައެއް ނޫނެވެ. 

ވީމާ ޖަވާބުނުދީ ލަސްކުރާނަމަ އެބުނާ ބަހުގެ މާނައަކީ ޝައުޤުވެރިކަމެއް ނެތެވެ. މިޘާލަކަށް ގުޅުމުން ފޯނަށް ޖަވާބުނުދޭނަމަ ނުވަތަ ބައްދަލުކުރަން އެދުމުން "ބިޒީ" ކަމަށް ބުނާނަމަ އެއިގެ މާނައަކީ ޝައުޤުވެރިކަމެއް ނެތެވެ. 

އެހެނެއް ނޫނެވެ. އެއަންހެނަކަށް އެކަން ޤަބޫލުރަން އުނދަގޫވާ، ނުވަތަ ރުހޭ ބަސްދިނުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކަންތައްތަތަކެއް ހުރިނަމަ އެކަންކަން ކުރަން ލަސްކޮށްފާނެއެވެ. އެކަމަކު އެހެންކަމަށްވާނަމަ އެކަން ބަޔާންކުރާނެއެވެ. ރީތިކޮށް، ފޮރުވުމެއް ނެތި ކިޔައިދޭނެއެވެ. ޝަރުޠުތަކެއް ހުރިނަމަ އެކަންވެސް ބަޔާންކުރާނެއެވެ. 

މިވާހަކަ ބުނެލަން މިޖެހެނީ ލޯބި ހުށަހެޅުމުން ޤަބޫލުކުރަން ލަސްވާނަމަ ނުވަތަ ޖަވާބުދިނުން ލަސްވާނަމަ އެއަންހެނަކަށް އެބަ އުނދަގޫތައް ކުރިމަތިކުރުވައެވެ. އެއީ ބޮޑާ އަންހެނެއް ކަމަށްވެސް އެބަ ބުނެއެވެ. މާ ފެންވަރުމަތި، އޭނާއަށް އޭނާ ފެނިފައި ހުރި އަންހެނެއް ކަމަށްވެސް އެބަ ބުނެއެވެ. އޭނާގެ ހިތަށް އުނދަގޫވާނެ އެތައް ކަމެއް އެބަކުރެއެވެ. 

ގިނަ އަންހެނުންނަކީ އެމީހުން ޙާޞިލްކުރަން ބޭނުންވާ ކަންކަން ޙާޞިލްކުރަން ތެޅިފޮޅި ގަންނަ ބައެކެވެ. އެކަމަށްޓަކައި ވާންޖެހޭ ކޮންމެ ޤުރްބާނީއެއްވެސް ވާން ތައްޔާރަށް ތިބޭ ބައެކެވެ. މިއަދު އެކަމުގައި ހައްދުފަހަނައަޅައިދާ އަންހެނުންވެސް މިދަނީ ގިނަވަމުންނެވެ.

 

- އަލަފް / މިއަދުނޫސް

 

މިއަދު އޮންލައިން