"ގެއްލިގެން ގޮސްފައިވާ އެއްޗަކާއިމެދު (އަތުގައި އޮތް އެއްޗެއް ގެއްލިދިއުމުން) ހިތާމަ ނުކުރާށެވެ. އެއެއްޗެއް ނުގެއްލި އަތުގައި އޮތްނަމަ ހިތާމަކުރަންޖެހޭ މިންވަރު ބޮޑުވުމަކީ އެކަށީގެންވާ ކަމެކެވެ. މިންވަރު ކުރެއްވި ގޮތަކާއި މެދު ރުހި ގަބޫލުވުމަކީ ޙަޔާތް ބާއްޖެވެރި ކުރުމަށް ކުރެވޭނެ އެންމެ މުހިއްމު އެއްކަންތަކެވެ."
ކައިވެނިކުރަނީ މާމުއި ހަނދުގެ ދުވަސްތައް ފާއިއތުވުމުން ކައިވެނި ރޫޅާލާކަށް ނޫނެވެ. ކައިވެނިކުރަންވާނީ ޢުމުރުދުވަހަށް އެކުގައި އުޅުމަށެވެ. އެހެންކަމުން ޒަވާޖީ ޙަޔާތުގައި މައްސަލައެއް ކުރިމަތިވެއްޖެނަމަ އެކަން ޙައްލުކޮށް އެކުގައި ދިރިއުޅެން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަންވާނެއެވެ.
އެގޮތަށް މަސައްކަތްކުރަނިކޮށްވެސް ކައިވެނި ރޫޅިއްޖެނަމަ މާޔޫސްނުވާށެވެ. މި ބަސްކޮޅުން ޢިބްރަތް ޙާޞިލުކުރާށެވެ.
ޔަޤީންކުރާށެވެ! ޙައްޤުމަގުގައި ތިމާ ހުއްޓައި ބައިވެރިޔާ ތިބާ ދޫކޮށްލައިފިނަމަ އޭނާއަށްވުރެ މާރަނގަޅު ބައިވެރިއަކު ﷲ ތަޢާލާ ދެއްވަވާނެތެވެ. އަދި އެ ބައިވެރިޔާ އެ ގެއްލުނީ މާރަނގަޅު ބައިވެރިއަކު ދެއްވެވުމަށެވެ. އަންހެނަކަށްނަމަ ފިރިއަކާއި ކައިވެނިކޮށްގެން ހުއްޓައި އޭނާއަށް ރަނގަޅު ފިރިއަކު ނުހޯދޭނެއެވެ. ވީމާ ކައިވެނި ރޫޅުން ވާނީ މާރަނގަލު ފިރިއަކު ލިބުމަށް ހުޅުވުނު ދޮރަށެވެ. އިން ޝާ ﷲ
ނަމަވެސް ވިސްނާށެވެ! ރަނގަޅު ފިރިއަކަށް އެދޭނަމަ ކައިވެނި ރޫޅުމަސްފަހު ޝައިޠޯނާގެ މަގު ޚިޔާރުނުކުރާށެވެ! ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ އިންތަކުގައި ސާބިތުވާށެވެ. ހެޔޮ ރަޙްމަތް މިންވަރުކުރައްވަވާނެތެވެ! އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން