ކުދިންނަށް ކުރެވޭ އަނިޔާ މައިންބަފައިންނަށް އެނގެން އެބަޖެހޭ! ތަރުބިއްޔަތުކުރެވޭނީ އެނގިގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ކުދިންނަށް ކުރެވޭ އަނިޔާ މައިންބަފައިންނަށް އެނގެން އެބަޖެހޭ! ތަރުބިއްޔަތުކުރެވޭނީ އެނގިގެން!

ގިނަ ކުދިންނަށް ވިސްނިފައި އޮންނަނީ އެކުދިންގެ ގައިގައި ތަޅައި އަނިޔާނުކުރާނަމަ، ޖިންސީ ގޯނާ ނުކުރާނަމަ އެކުދިންނަށް އަނިޔާ ނުލިބެނީ ކަމަށެވެ. ނަމަވެސް އެއީ ކުށް ވިސްނުމެކެވެ. 

ސަބަބަކީ ކުދިންނަށް ދޭންޖެހޭ ސަމާލުކަން ނުދިނުމާއި އަޅައި ނުލުމަކީވެސް ކުދިންނަށް ދެވޭ އަނިޔާއެކެވެ. އެކުދިންގެ ކުރިމަތީގައި މައިން ބަފައިން ޒުވާބުކޮށް ޚާއްޞަކޮށް ގައަށް އަތްލައި ހަދާނަމަ އެއީވެސް ކުދިންނަށް ދެވޭ އަނިޔާއެކެވެ. މިފަދަ ކޮންމެ ކަމެއްގެ ނޭދެވޭ އަސަރު ކުދިންނަށް ކުރާނެއެވެ. 

ބައެއް މައިންބަފައިން ކުށްކުރީމާ ކުދިންނަށް އެކިވަރުގެ އަދަބުދެއެވެ. އެކަމާއި އެވަޤުތު ކުއްޖާ ނުރުހުނު ނަމަވެސް ބޮޑުވެ ކަންކަން ވިސްނެން ފެށުމުން މައިން ބަފައިން އަދަބުދިންކަމަށްޓަކައި އުފާކުރާނެއެވެ. އެކަމުން ލިބުނު ތަރުބިއްޔަތަށްޓަކައި ޝުކުރުވެރިވާނެއެވެ. 

ވީމާ ކުދިން ކުށެއް ކުރުމުން ޢުމުރާއި ގުޅޭ ގޮތުން ބަސްބުނެ، އަދަބުދިނުމަކީ ކުދިންނަށް ކުރެވޭ އަނިޔާއެއް ނޫނެވެ. އެއީ ކުރެވޭ އަނިޔާއެއްކަމަށް ދެކެފިނަމަ އެކަމުން ކުދިންނަށް ލިބޭ ގެއްލުން މާބޮޑުވާނެއެވެ. 

ކުދިންނަށް ޖިސްމާނީ އަނިޔާއަކަށް ނުވާ ގޮތަށް އަދަބުދޭންޖެހޭކަން ދީނުން އެނގެން އެބައޮތެވެ. ނަމާކުރަންޖެހޭ ޢުމުރަށް އެޅުމުން ނަމާދުނުކުރާނަމަ އަނިޔާއަކަށް ނުވާގޮތަށް އަދަބުދީގެންވެސް ނަމާދުކުރުވަން އޮތުމުންނެވެ. ކޮންމެ ކަމެއްގެ ވާހަކަ ދީނުގަ ނެތިދާނެއެވެ. ނަމަވެސް މިކަމުން އެނގެނީ ކުދިން ހެޔޮ ގޮތުގައި ތަރުބިއްޔަތުކުރަން އަދަބުދޭންޖެހޭ ޙާލަތުގައި އަދަބުދީގެންވެސް ކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރަން ޖެހޭނެ ކަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން