އެދޭ ކަންކަން ޙާޞިލްވުމަށް ކޮންމެ ދެމަފިރިއަކުވެސް ސަމާލުކަންދޭންޖެހޭނެ 3 ކަމެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
އެދޭ ކަންކަން ޙާޞިލްވުމަށް ކޮންމެ ދެމަފިރިއަކުވެސް ސަމާލުކަންދޭންޖެހޭނެ 3 ކަމެއް-

ޒަވާޖީ ޙަޔާތުގެ ކުރިންވިޔަސް ޒަވާޖީ ޙަޔާތަށްފަހުގައި ކަމަށްވީނަމަވެސް ދިރިއުޅުމާއިގެން ކުރިއަށްދިއުމަށް އެންމެ ބޮޑަށް ހުރަސްއެޅޭ އެއްކަމަކީ މިވެނި ކަމެއް ތިމާއަށް ޙާޞިލް ނުކުރެވޭނެ ކަމަށް އަމިއްލައަށް ޤަބޫލުކުރެވުމެވެ. މިއީ އިންސާނަކަށް ލިބޭނެ އެންމެ ނުބައި އަދި ގެއްލުންހުރި ވިސްނުމެވެ. 

ދިރިއުޅުމާއިގެން ކުރިއަށް ދިއުމަކީ ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަމެކެވެ. ވިސްނަން އޮތީ ހަމަ އެންމެ ކަމެކެވެ. އެކަމަކީ ދުނިޔޭގެ އެންމެން ދިރިއުޅޭނީ އެއްފެންވަރެއްގައި ނޫން ކަމެވެ. ކޮންމެ މީހަކަށްވެސް ދިރިއުޅެވޭނީ އެމީހަކު ލައްވަވާފައިވާ ފެންވަރުގައެވެ.

މިޘާލަކަށް ކާރެއް ގަނެވޭނެ ފެންވަރު ނެތް މީހަކަށް ވަޤުތުން ކާރެއް ނުގަނެވިދާނެއެވެ. ނަމަވެސް ކާރެއ ގަތުމަކީ އަމާޒެއް ކަމަށް ކަނޑައަޅައިގެން ދިރިއުޅުން ކުރިއަށް ގެންދަން މަސައްކަތްކުރާނަމަ އެމީހަކަށް ކާރެއް ލިބުމުގެ ފުރުޞަތު އެބައޮތެވެ. ހަމައެފަދައިން އަމިއްލަ ފްލެޓެއްގައި ދިރިއުޅުމަކީ އަމާޒެއް ކަމަށް ކަނޑައަޅައިގެން ދިރިއުޅުން ކުރިއަށް ގެންދަން މަސައްކަތްކުރާނަމަ އެމީހަކަށް އަމިއްލަ ފްލެޓެއް ލިބުމުގެ ފުރުޞަތު އެބައޮތެވެ.

ދިރިއުޅުމުގައި ކާމިޔާބީ ހޯދަން މަސައްކަތްކުރާނަމަ އެންމެ ފުރަތަމަ ކަމަކަށްވެސް އިސްކަންދޭންވީ ބައެއް ކަންކަން ފާހަގަކޮސްލާނަމެވެ.

- ކައިވެނިކުރުމަށްފަހު ދެމީހުން ލޯބިން ދިރިއުޅުމަށެވެ. ތަޤްވާވެރިކަން އިތުރުކޮށްގެން ދިރިއުޅުމަށެވެ.

- ދެމަފިރިން އެކުގައި ރޭއަޅުކަންކޮށް ދުޢާކުރުން ގިނަކުރުމަށެވެ.

- ޙާޞިލްކުރަން ބޭނުންވާ ކަންކަން ޙާޞިލްކުރަން ފައިސާ ޖަމާކުރުމަށްޓަކައި އިޝްރާފްކުޑަކޮށް ޚަރަދުތައް ކުޑަކުރުމަށެވެ.  

މި 3 ކަންތައް ކުރުމުގައި ދެމިތިބެއްޖެނަމަ އެދޭ ކަންކަން ޙާޞިލްކުރަން މަގުފަހިކޮށް ދެއްވަވާނެތެވެ. އިން ޝާ ﷲ  

ނިންމާލަމުންވެސް ބުނާނަމެވެ. ދުނިޔޭގެ އެންމެންނަށް އެއްފެންވަރެއްގައި ދިރިއުޅުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެނީ މާތް ﷲ މީސްތަކުންނަށް ނިޢުމަތްތައް މިންވަރުކުރައްވަވަނީ އެކި ފެންވަރަށެވެ. ނިޢުމަތްތައް ދެއްވަވަނީ އެކި މިންވަރަށެވެ. އެކަން އެންމެންވެސް ޤަބޫލުކުރަންވާނެއެވެ. ނިޢުމަތްތަކަށް އެދިގެން މަސައްކަތް ކުރުމުން ކޮންމެ މީހަކަށްވެސް ނިޢުމަތްތައް ދެއްވަވާނެތެވެ. އިން ޝާ ﷲ

މިޘާލަކަށް ކޮންމެ މީހަކަށް ބިލިއަނަރަކަށް ނުވެވިދާނެއެވެ. ނަމަވެސް އުފަލުގައި ދިރިއުލެވޭނެ މަގު ތަނަވަސްކޮށް ދެއްވަވާނެތެވެ. އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން