ދުނިޔޭގެ ހުރިހާ ފަރުބަދަތަކަށްވުރެ ބުރަދަންހުރި ރަނަށްވުރެ ހެޔޮކަން ބޮޑު ޢަމަލު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ދުނިޔޭގެ ހުރިހާ ފަރުބަދަތަކަށްވުރެ ބުރަދަންހުރި ރަނަށްވުރެ ހެޔޮކަން ބޮޑު ޢަމަލު-

ޝައިޚް ޢުޘައިމީން ރަޙިމަހުاللهވިދާޅުވިއެވެ. "އިންސާނާގެ ޢަމަލުތަކުގެފަތްފުށުގައި ލިޔެވިފައިވާ އެންމެތަސްބީޙައެއް ދުނިޔެ އާއި ދުނިޔޭގައިވާހާ އެއްޗަކަށްވުރެ ހެޔޮކަންބޮޑެވެ. އެހެނީ ދުނިޔެއާއި ދުނިޔޭގައިވާހާ އެއްޗަކީ ފަނާވެދާނެ އެއްޗެކެވެ. ތަސްބީޙަ އާއި ހެޔޮޢަމަލަކީ ދެމިހުންނާނެ އެއްޗެކެވެ.

ޢުބައިދުالله ބިން ޢުމައިރު ރަޙިމަހުالله ވިދާޅުވިއެވެ. "މުއިމިނެއްގެ ޢަމަލުގެ ފަތްފުށުގައި ލިޔެވިފައިވާ ތަސްބީޙައެއް ނުވަތަ ތަޙްމީދެއް ދުނިޔޭގެ ހުރިހާ ފަރުބަދަތަކާ އެއްވަރަށްވާ ރަނަށް ވުރެ ހެޔޮކަން ބޮޑެވެ."

اللهގެ ޛިކްރު ކުރުން ގިނަކުރުމަކީ ހިތަށް ދިރުން އަންނަ, ހިތުގައި ހުންނަ ދަނބިލިތައް ފިލައި ސާފުވާން މެދުވެރިވާ، އަދި އެކަމުގެ ސަބަބުން الله އަޅުގަޑުމެންގެ މަތިން ޛިކްރު ކުރައްވާނެކަމެކެވެ.

"ތިޔަބައިމީހުން ތިމަން الله ހަނދުމަ ކުރާށެވެ. ތިމަން اللهތިޔަބައިމީހުން ހަނދުމަކުރައްވާހުށީމެވެ."

--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން