ތިބާ ފަހާ މީހަކު ދުވާތަން ނުވަތަ ކަމަކުން ސަލާމަތްވާން ދުވާތަން ހުވަފެނުގަ ފެނިއްޖެނަމަ ސަމާލުކަންދޭންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ތިބާ ފަހާ މީހަކު ދުވާތަން ނުވަތަ ކަމަކުން ސަލާމަތްވާން ދުވާތަން ހުވަފެނުގަ ފެނިއްޖެނަމަ ސަމާލުކަންދޭންޖެހޭނެ!

ބައެއް މީހުންނަށް ހުވަފެނުގައި ތިމާ ފަހާ މީހަކު ދުވާތަން ނުވަތަ ކަމަކުން ސަލާމަތްވާން ދުވާތަން ފެނިއްޖެނަމަ ސަމާލުކަންދޭށެވެ! އަޅާނުލައި ދޫކޮށްނުލާށެވެ! ޚާއްޞަކޮށް ތިމާ ނިދާފައި އޮތީ ނިދުމުގެ ކުރަންޖެހޭ ކަންކަން ކޮށްގން ކަމުގައިވާނަމަ ސަމާލުކަން އިތުރުކުރަންވާނެއެވެ.

ގިނަ ފަހަރަށް މިފަދަ ކަންކަން ހުވަފެނުގައި ފެންނާނީ ކޮންމެވެސް މީހަކު ތިބާއަށް ކޮންމެވެސް ބާވަތެއްގެ ގެއްލުމެއް ދޭން މަސައްކަތްކުރާނަމައެވެ. ނަމަވެސް އޮތީ އެކަމަށް ބިރުގަތުމނެއް ނޫނެވެ. ދިރިއުޅޭ އަދި މަސައްކަތްކުރާ މާޙައުލަށް ސަމާލުކަން ދިނުމެވެ. އެކުގައި އެޅޫ އެކުވެރިންނަށާއި އަދި ގުޅުން އޮންނަ މީސްމީހުންނަށް ސަމާލުކަންދީ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އެޅުމެވެ.

ފުރަތަމަ ކަމަކަށްވެސް ﷲ ތަޢާލާގެ ރައްކައުތެރިކަން ލިބިގަންނާށެވެ. ފަތިސްނަމާދުގެ އިހު ސުންނަތާއި ފަތިސްނަމާދުކޮށް ހެނދުނުގެ ޛިކުރުތައް ކިޔާށެވެ. ފަރުޟު ނަމާދުތަކަށް ރައްކައުތެރިވާށެވެ. ޢަޞްރު ނަމާދަށްފަހު ހަވީރުގެ ޛިކުރުތައް ކިޔާށެވެ. މަޣްރިބް ނަމާދަށްފަހު އާޔަތުލްކުރުސި، އިޅްލާޞް، އަލްފަލަޤް، އަދި އައްނާސް ސޫރަތް 3 ފަހަރު ކިޔަވާށެވެ.

ގިނަގިނައިން ރައްކައުތެރިކަން ދެއްވެވުން އެދި ދުޢާކުރާށެވެ! މީސްތަކުން ދެކެ ބިރުގަތުމެއް ނެތެވެ. ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވަވައިފި މީހަކަށް އެއްވެސް ގެއްލުމެއް ދެވޭނެ އެއްވެސް މީހަކު ނުހުންނާނެއެވެ. ޙަސަދަވެރިން ރާވާ ރޭވުންތަކުން ސަލާމަތްކަން ދެއްވަވާނެތެވެ. އިން ޝާ ﷲ

--އުސްތާޛް މުޙައްމަދު ޔޫނުސް

މިއަދު އޮންލައިން