އިންތިޚާބީ ރައީސް ޑރ. މުޢިއްޒު މިހާތަނަށް ދައްކަވާފަހުރި ވާހަކަފުޅުތައް ފޮތެއްގެ ގޮތުގަ ނެރެނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
އިންތިޚާބީ ރައީސް ޑރ. މުޢިއްޒު މިހާތަނަށް ދައްކަވާފަހުރި ވާހަކަފުޅުތައް ފޮތެއްގެ ގޮތުގަ ނެރެނީ!

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކެންޕޭނުކުރެއްވި އިރުގައާއި އެއިގެ ފަހުންވެސް މިހާތަނަށް ދައްކަވާފަހުރި ވާހަކަފުޅުތައް ހިމެނޭ ފޮތެއް ނެރުމަށް ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.  

މިފަދަ ފޮތެއް ނެރެފިނަމަ ވެވަޑައިގެންނެވި ވަޢުދުތަކާއި އެހެންކަންކަން ލިޔުމުން ފެންނަން އޮންނާނެއެވެ. ވަޢުދުތައް ފުއްދަވާ މިންވަރު ބަލާލަން ރައްޔިތުންނަށް ފަސޭހަވެގެންދާނެއެވެ.  

މިއީ އަދި މިހައި ތަނަށް އެއްވެސް ރައީސްކު ކުރައްވާފައިވާ ކަމެއް ނޫނެވެ. މިކަމުންވެސް އެނގިގެންދަނީ ވަޢުދުތައް ފުއްދަވަން ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރައްވަވާނެ ކަމެވެ,  

މީޑިއާތަކާއި ބައްދަލުކުރެއްވުމަށް ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި "ގުންޒަރު"ގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭވެސް ވިދާޅުވީ ވާހަކަފުޅު ދައްކަވާފައިވާނީ ވިސްނަވައިގެން ކަމަށާއި އެއްވެސް ކަމެއް ބަދަލުނުކުރއްވާނެ ކަމަށެވެ.

 

މިއަދު އޮންލައިން