މަލްޓި ސްޓޯރީ ޕާކިން އިމާރާތްތަކެއް ހަދަން ބަޖެޓުކޮށްފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 33ސ
މަލްޓި ސްޓޯރީ ޕާކިން އިމާރާތްތަކެއް ހަދަން ބަޖެޓުކޮށްފި!

މާލޭސިޓީގައި މަލްޓި ސްޓޯރީ ޕާކިން އިމާރާތްތަކެއް ހަދަން 2019 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިއެވެ.

 

އެ މަޝްރޫއަށް ފަސްދޮޅަސްތިން މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

 

ބަޖެޓުގެ ގެދޮރު އިމާރާތް ކުރުމާއި ޖަމާއަތުގެ ފައިދާއައްޓަކާ ދެވޭ ހިދުމަތްތަކުގެ ބައިގެ ތެރޭގައި ވެހިކަލު ޕާކު ކުރުމަށް ހާއްސަ ތިން އިމާރާތެއް ހެދުމަށް ބަޖެޓުކޮށްފައިވެއެވެ.

 

ޕާކިން ސިސްޓަމުތަކުގެ ވާހަކަ އެންމެ ފުރަތަމަ ދެކެވެން ފެށީ 2016 ވަނަ އަހަރު އެވެ. އެގޮތުން އޭރު އޮތީ މާލޭގެ އެކި ސަރަހައްދުތަކުގައި 20 ޕާކިން ސިސްޓަމް ހަރުކުރާށެވެ.

 

ޕާކިން ސިސްޓަމުތަކެއް ހަރު ކުރުމަށް ސަރުކާރުން ފެށި އެ މަޝްރޫއު އަދި އޮތީ ކާމިޔާބު ނުވެފައެވެ.

 

މިއަދު އޮންލައިން