ޢަރުޝީގެ ހިޔާވަހިކަން ލިބޭ މީހުން-

ކިޔުމަށް ހޭދަވާނީ 3މ 44ސ
ޢަރުޝީގެ ހިޔާވަހިކަން ލިބޭ މީހުން-

ޢާއިޝަތު ރަފާޙް ޢަލީ

 

ރަސޫލާ މުޙައްމަދު ޞައްލަ ﷲ އަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ. 

سَبْعَةٌ يُظِلُّهُمْ اللَّهُ فِي ظِلِّهِ يَوْمَ لا ظِلَّ إِلا ظِلُّهُ : الإِمَامُ الْعَادِلُ ، وَشَابٌّ نَشَأ فِي عِبَادَةِ رَبِّهِ ، وَرَجُلٌ قَلْبُهُ مُعَلَّقٌ فِي الْمَسَاجِدِ ، وَرَجُلَانِ تَحَابَّا فِي اللَّهِ اجْتَمَعَا عَلَيْهِ وَتَفَرَّقَا عَلَيْهِ ، وَرَجُلٌ طَلَبَتْهُ امْرَأَةٌ ذَاتُ مَنْصِبٍ وَجَمَالٍ فَقَالَ إِنِّي أَخَافُ اللَّهَ ، وَرَجُلٌ تَصَدَّقَ بِصَدَقَةٍ فَأَخْفَاهَا حَتَّى لا تَعْلَمَ شِمَالُهُ مَا تُنْفِقُ يَمِينُهُ ، وَرَجُلٌ ذَكَرَ اللَّهَ خَالِيًا فَفَاضَتْ عَيْنَاهُ “ متفق عليه

މާނައީ: ” ޢަރްޝީގެ ހިޔާވަހިކަން ފިޔަވައި، އެހެން ހިޔާވަހިކަމެއް ނުވާ ދުވަހު (އެބަހީ: ޤިޔާމަތް ދުވަހު) މާތްﷲ ޢަރްޝީގެ ހިޔާވަހިކަން ދެއްވާ، ހަތް ބައެއް ވެއެވެ؛ (އެއީ) އަދުލުވެރި ވެރިޔާ، އަދި މާތް ﷲ އަށް އަޅުކަންކުރުމުގައި ޒުވާންކަން ހޭދަކުރި ޒުވާނާ، އަދި އޭނާގެ ހިތް މިސްކިތާ ގުޅިލާމެހިފައިވާ މީހާ، އަދި މާތް ﷲ އަށްޓަކައި ލޯބިވެ އެގޮތުގައި ބައްދަލުވެ އަދި އެގޮތުގައި ވަކިވާ ދެމީހުން، މަންސަބާއި ރީތިކަން ލިބިފައިވާ އަންހެނެއް ފާޙިޝް ޢަމަލު ހިނގަން ދަޢުވަތު ދިނުމުން، އަހުރެން ﷲ ދެކެ ބިރުވެތިވަމޭ ބުނެ އެކަމުން އެއްކިބާވި މީހާ، އަދި ޞަދަޤާތްކުރާއިރު އޭނަގެ ކަނާއަތުން ހޭދަކުރާ އެތި ވައަތަށްވެސް ނޭނގޭހާ ސިއްރުން ހޭދަކުރިމީހާ، އަދި އެކަހެރިކޮށް ހުރެ ﷲ މަތިން ހަނދުމަވުން ލޮލުން ކަރުނަ އޮހޮރިގެންދާ މީހާއެވެ”. 

މި ހަދީޡުން ލިބޭ ބައެއް ފައިދާ:

·  ޒުވާން ޢުމުރުގައި އަޅުކަމުގައި ހޭދަކުރުމުގެ މުހިއްމުކަން

·  އަޅުކަމުގައި ވަގުތު ހޭދަކުރުމުގެ މުހިއްމުކަން

·  ޤިޔާމަތް ދުވަހަށް ތައްޔާރުވުން

·  ﷲ އަށްޓަކައި މީހުން ދެކެ ލޯބިވުން

·  ފާޙިޝް ޢަމަލަކަށް ދަޢުވަތު ދިނުމުން އެކަމަށް އިންކާރު ކުރި މީހުންނަށް ހުރި ދަރުމަ

·  ޞަދަޤާތް ކުރުމުގެ މުހިއްމުކަން

މިއަދު އޮންލައިން