ލޯބިހުށަހަޅައިފިނަމަ އެމީހަކުދެކެ ލޯބިވީނަމަވެސް އެކަން ޤަބޫލުކުރުމުގެ ކުރިން ކުރުން ފައިދާހުރި ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ލޯބިހުށަހަޅައިފިނަމަ އެމީހަކުދެކެ ލޯބިވީނަމަވެސް އެކަން ޤަބޫލުކުރުމުގެ ކުރިން ކުރުން ފައިދާހުރި ބައެއް ކަންކަން-

ލޯބީގެ ވާހަކަ ދެއްކުމުގެ ތެރޭގައި "މަނާކުރެވުނު އާފަލު" މިޘާލެއްގެ ގޮތުގައި ބޭނުން ކުރެވެއެވެ. އެމިޘާލު ބޭނުންކުރެވެނީ އާދަމްގެފާނާއި ޙައްވާގެފާނަށް މަނާ ކުރެއްވެވި ގަހުން ފަރިއްކުޅުއްވެވުން ރަމްޒުކޮށެވެ. އެމިޘާލުން ބުނެދޭ މާނައަކީ ލޯބިވާކަމަށް ނުބުނެ ކުޑަކޮށް ބަހަނާ ދައްކާލާފައި ހިފަހައްޓައިލުމުން އެލޯބި ހޯދަން އަނެކާގެ ޝައުޤުވެރިކަން އިތުރުވާ ކަމެވެ. 

ކޮންމެއަކަސް މީހަކު ލޯބި ހުށަހަޅައިފިނަމަ އެހާ ފަސޭހައިން ރުހޭ ބަސްނުދޭށެވެ. އެކަން ޤަބޫލުކުރާކަން ހާމަނުކުރާށެވެ. ޢާއިލާގެ ރުހުން ހޯދަންޖެހޭނެކަން ފަދަ ޢުޛުރެއް ދައްކާށެވެ. އެކުގައި މަސައްކަތްކުރާ މީހަކުނަމަ އެއްތަނެއްގައި މަސައްކަތްކުރަމުން ލޯބިވެގެން އުޅުން އުނދަގޫވާނެ ކަމަށް ބުނާށެވެ. އަދި މިނޫންވެސް މިފަދަ ކޮންމެވެސް ޢުޛުރެއް ދައްކައިލާށެވެ. 

އެއިރުން އޭނާ ތިބާދެކެ ޙަޤީޤީ ލޯބިވާނަމަ އެކަން ކާމިޔާބުކުރަން އިތުރަށް މަސައްކަތްކުރާނެއެވެ. ކެތްތެރިވެލައިގެން މަޑުކޮށްލައިގެން ދުވަސްކޮޅަކު ހުރެ އެގޮތުން ކުރާ މަސައްކަތަށް ބަލައި ރުހޭ ބަސްދޭން ފެންނަނަމަ ރުހުންދޭށެވެ. 

ހަމައެއާއިއެކު ރުހުން ދިނުމުގެ ކުރިން ތިބާގެ ހިތް ބޭނުންވާ ކަންކަން ކިޔައިދޭންވާނެއެވެ. މިޘާލަކަށް ދެރައެއް ދީފިނަމަ އެކަމުން ވަރަށް ބޮޑަށް އަސަރުކުރާނެ ކަމަށް ބުނަންވާނެއެވެ. ހިތުގެ އެންމެ އަޑިން ލޯބިނުވާނަމަ ލޯބިވާކަމަށް ނުބުނަން ބުނާށެވެ. 

ބައެއް މީހުންނަކީ ލޯބިވަމުން ކިތަންމެ ގިނަ ވަޢުދުތަކެއްވެފައިވާ ބައެއް ނަމަވެސް ފަހުން އެކަންކަން ހަނދާން ހުންނަ ބައެއް ނޫނެވެ. އެވަޢުދުތައް މަތިން ހަނދާންކޮށްދިންނަމަވެސް އެއީ މާޒީކަމަށް ބުނެ ސަމާލުކަން ނުދޭ މީހުންވެސް ގިނަވާނެއެވެ. އެއިގެ މާނައަކީ ވަކިނުވާނެ ކަމަށް ވަޢުދުކުރުވުމުގެ ބޭނުމެއް ނެތްކަމަށް ނިންމުމެއް ނޫނެވެ. ވަޢުދުތައް ހަނދާންވުމުން އެކަމަށް ވިސްނާނެ ބައަކުވެސް އުޅޭނެއެވެ. 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން