ދިރިހުންނަން މާޔޫސްވެފައިވާ މީހަކަށް އެހީތެރިވެދީ އެޙާލަތުން ސަލާމަތްކުރަން މަސައްކަތްކުރި މީހަކަށް ލިބޭނެ ފައިދާގެ ބޮޑުކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ދިރިހުންނަން މާޔޫސްވެފައިވާ މީހަކަށް އެހީތެރިވެދީ އެޙާލަތުން ސަލާމަތްކުރަން މަސައްކަތްކުރި މީހަކަށް ލިބޭނެ ފައިދާގެ ބޮޑުކަން އެނގޭތަ؟

ކުރިމަތިވާ ކަމެއްގެ ގޮތުން މީހުންގެ މާޔޫސްކަން އިތުރުވެ ދިރިއުޅުމަށް ބަދަލުތަކެއް އަތުވެއްޖެނަމަ މިފެންނަނީ އެމީހަކު ނިކަމެތިކޮށްލެވޭތަނެވެ. ހިތާމައަކީ ފުރަތަމަވެސް އެކަންކުރަނީ އޭނާގެ ޢާއިލާގެ މީހުންނާއި އެކުވެރިންކަމެވެ. 

އެގޮތަށް އެކަން މެދުވެރިވުމުން އޭނާއަށް ވިސްނެނީ އެންމެ ނުބައިކޮށެވެ. "އަހުރެންގެ އެންމެ ގާތް މީހުން ކަމުގައިވާ މައިންބަފައިންނާއި ޢާއިލާގެ މީހުންވެސް އަހުރެން ދޫކޮށްލައިފިއެވެ. އެންމެ ގާތް އެކުވެރިންވެސް އަހުރެން ދޫކޮށްލައިފިއެވެ. ވީމާ ދުނިޔޭގައި ހުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އެންމެ ރަނގަޅު ގޮތަކަށްވާނީ މަރުވުމެވެ." 

އެޙާލަތަށް ވިސްނުން ދިއުމުން ބުއްދިފިލައިދަނީއެވެ. ކުރެވޭ ނުކުރެވޭ ކަމެއް އޭނާއަކަށް ނުއެނގެއެވެ. އެންމެފަހުން އެންމެ ބޮޑު ގޯސްވެސް ހެދެނީއެވެ. ގޯސް ހެދުމުން ވިސްނައިލުމެއް ނެތި އޭނާ ކުށްވެރިކުރެވެއެވެ. 

އަދި ބައެއް މީހުން އޭނާއަށް ވަންނަން ޖެހޭނެ ތަނަކީ ނަރަކަ ކަމަށްވެސް ބުނެއެވެ.  މިއީ ހެދޭނެ އެންމެ ބޮޑު އެއް ގޯހެވެ. އޭނާ މަރުވި ޙާލަތު ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އޭނާއަށް ޙުކުން ކުރައްވަވާނީ ﷲ ތަޢާލާއެވެ. އެޙުކުމަކީ ކޮބައިކަމެއް ހަމަ އެކަކަށްވެސް ނުއެނގޭނެއެވެ. 

ދަންނާށެވެ! 

އިންސާނާގެ ޢަމަލުތައް މަލާއިކަތުން ނުލިޔުއްވަވާ 3 ޙާލަތެއްވެއެވެ. އެއީ 1 ނިދާފައި އޮންނައިރު، 2 ހަމަހޭ ނެތުން 3 ބުއްދިފިލައިދިއުން 

އެހެންކަމުން މީހަކަށް ނުބައިކަމެއް ކުރެވޭއިރަށް އޭނާ ކުށްވެރިކުރުމެއް ނެތެވެ. ފުރަތަމަ ކަމަކަށް އޮތީ އޭނާ އެކަންކުރިއިރު އޭނާ ހުރި ޙާލަތު ދެނެގަންނަން މަސައްކަތްކުރުމެވެ. އޭނާ ހުރީ އެހީތެރިކަމަށް ބޭނުންވެގެންނަމަ އެހީތެރިވެދޭށެވެ. ފަރުވާއަށް ބޭނުންވެގެންނަމަ ފަރުވާކުރަން އެހީތެރިވެދޭށެވެ. 

ބުނަން ހެއްޔެވެ؟ އެފަދަ ޙާލުގައި ހުރި މީހަކަށް އެހީތެރިވެދީ އެޙާލަތުން އޭނާ ސަލާމަތްކުރަން މަސައްކަތްކުރުން ވާނީ ކުރެވޭނެ އެންމެ ހެޔޮ ޢަމަލުތަކުގެ ތެރެއިން ޢަމަލަކަށެވެ. ސަބަބަކީ އެކަންވާނީ މީހެއްގެ ފުރާނަ ސަލާމަތްކޮށް ދެވަނަ ދިރިއުޅުމެއް ހޯދައިދޭން މަސައްކަތްކުރުން ފަދަ ކަމަކަށެވެ. އެކަމަށް ޙައްޤު ޖަޒާ އެމީހަކަށް ﷲ ތަޢާލާ ދެއްވަވާނެތެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން