ތިބާއަށް އިމެއްނެތި ތަޢްރީފްކުރާނަމަ، ފަހަތުގަ ބޮޑު ސިއްރެއް ފޮރުވާފަ އޮންނާނެ! އޮޅުން ނުފިލުވައިފިނަމަ ލިބޭނެ ގެއްލުން ވަރަށް ބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ތިބާއަށް އިމެއްނެތި ތަޢްރީފްކުރާނަމަ، ފަހަތުގަ ބޮޑު ސިއްރެއް ފޮރުވާފަ އޮންނާނެ! އޮޅުން ނުފިލުވައިފިނަމަ ލިބޭނެ ގެއްލުން ވަރަށް ބޮޑުވާނެ!

މީހަކު އިމެއް ނެތި ތިބާއަށް ކުޝާމަދުކޮށް، ތަޢްރީފްކުރަން ފަށައިފިނަމަ ވަރަށް ބޮޑަށް ވިސްނަންޖެހޭނެއެވެ. ގިނަ މީހުން އެގޮތަށް ތަޢްރީފްކުރަނީ ތިބާގެ ރީތިކަމުން ނުވަތަ ރަނގަޅުކަމުން ކަމަށް ނުދެކޭށެވެ. 

ގިނަ މީހުން އަނެކާއަށް ތަޢްރީފްކުރާ ބޭނުންތަކުގެ ތެރޭގައި، ތިބާ ލައްވައި ރަނގަޅު ނޫން ކަމެއް ކުރުވުމާއި، ނާޖާއިޒު ފައިދާއެއް ނެގުމާއި، ތިބާގެ ބޭނުންކޮށްލަން ބޭނުންވުމާއި އަދި މާލީ މަންފާއެއް ހޯދަން ބޭނުންވުން ފަދަ ކަންކަން ހިމެނެއެވެ. 

މިޘާލަކަށް ތިބާގެ ބޭނުންކޮށްލަން ބޭނުންވުމުން އެކަން ހާމަނުކޮށްފާނެއެވެ. ޚުޝާމަދުކޮށް ތައްރީފްކުރަން ފެށުމުން ރަނގަޅަށް ނުވިސްނައިފިނަމަ ވާނެ ގޮތަކީ އޭނާގެ ބަސްތަކުން ތިބާއަށް ހިތްހަމަޖެހުން ލިބި މަޑުމަޑުންގޮސް އޭނާގެ ކޮޅަށް ތިބާ އަމިއްލައަށް ލެނބެވެނީއެވެ. އެހިސާބުން އޮންނާނީ އޭނާ ކުރަން ބޭނުންވި ކަންތައް ޙާޞިލުކުރެވިފައެވެ. 

އެކަން އެގޮތަށް މެދުވެރިވާ ސަބަބަކީ ޝައިޠޯނާ ތިބާއަށް ވަސްވާސްދޭކަމެވެ. އޭނާއަކީ ތިބާއަށް މާހެޔޮއެދޭ، ތިބާދެކެ މާބޮޑަށް ލޯބިވާ މީހަކުކަން ތިބާއަށް ވިސްނައިދެނީ ޝައިޠޯނާއެވެ. މަޑުމަޑުން ގޮސް ފާފައަކަށް އަރައިގަނެވޭ ވަޤުތު ލައްވަވައިފާނެ ކޯފާއަކަށް ބިރުން ބުއްރޫސް ޖަހާފައި ދުވެފިލާނެއެވެ. އެތަން އަހުރެމެންނަށް ނުފެންނަނީއެވެ. 

ޚުޝާމަދުކޮށް ތަޢްރީފްކުރާ މީހުންނަށް ސަމާލުކަންދޭންޖެހޭ މިންވަރު ނިކަން ދެކިބަލާށެވެ. މިކިޔައިދެނީ އަހުރެންނަށް އަޑުއިވިފައިވާ ވާހަކައެކެވެ. މޮޅަށް ދެކެދެނެވޮޑިގެންވަނީ ﷲ ތަޢާލާ އެވެ. 

ޢުމަރުގެފާނަށް ޚަލީފާކަން ލިބިވަޑައިގަތުމުން ބޭކަލަކު ޢުމަރުގެފާނަށް ތައްރީފްގެ ބަސްތައް ދެންނެވުމުން ވިދާޅުވިއެވެ. "ކަލޭވެސް އަހުރެންނަށް ހެޔޮއެދޭނަމަ އަހުރެންނަށް ތަޢްރީފް ނުކުރާށެވެ! އެއީ މީހާ މަގުފުރެދިގެން ހިނގައިދާނެ ކަމެކެވެ. ކަލޭވެސް އަހުރެންނަށް ހެޔޮއެދޭނަމަ އަހުރެންގެ ކިބައި ހުންނަ އުނިސިފަތައް ދައްކާށެވެ! ނަރަކައިން ސަލާމަތްވާން އެހީތެރިވެދޭށެވެ." 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން