ސަޖިދައިގަ އޮއްވާ ފުރާނަ ހިއްޕެވުން އެދިގެން ކުރެވޭނީ ކޮންކަމެއްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ސަޖިދައިގަ އޮއްވާ ފުރާނަ ހިއްޕެވުން އެދިގެން ކުރެވޭނީ ކޮންކަމެއްތޯ؟

"އަޅުގަނޑުގެ އެންމެ ބޮޑު ބޭނުމަކީ ސަޖިދައިގަ އޮވެ މަރުވުމެވެ! އެކަމަށް އެދިގެން ކުރެވޭނީ ކޮނަކަމެއްތޯ؟" މިއީ މިއަދުނޫހުގެ ކިޔުންތެރިއަކު ކޮށްފައިވާ ސުވާލެކެވެ.

ޖަވާބުގައި ބުނަން އޮތީ ތިބާ ފަދައިން ކޮންމެ މުސްލިމަކުވެސް މަރުވަން ބޭނުންވާނީ ސަޖިދައިގައި އޮވެގެންނެވެ. ޚާއްޞަކޮށް ނަމާދުގެ ސަޖިދައިގައި އޮވެގެންނެވެ. އެހެނީ ތިމާ ޢާއި ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވޭނެ ވަގުތަކީ އެއީކަމުގައިވާތީއެވެ. އަދަބުވެރިވެ އެންމެ ބޮޑަށް ކިޔަމަންތެރިވެވޭނެ ވަގުތަކީވެސް އެއީ ކަމުގައިވާތީއެވެ.

ސަޖިދައިގައި އޮންނަނިކޮށް މަރުވެވޭނީ މިވެނިކަމެއް ކުރުމުން ކަމަށް ބުނެވޭކަށް ނެތެވެ. އެއީ އަހުރެންނަށް އެނގިފައި ނެތުމުންނެވެ. ނަމަވެސް އެކަމަށް އުންމީދުކުރާ މީހާއަށް ދެކަމެއް ކުރެވިދާނެއެވެ. އެއީ ﷲ ތަޢާލާއަށް ބިރުވެތިކަން އިތުރުކުރުމާއި ގިނަގިނައިން ސަޖިދަކުރުމެވެ. (ސަޖިދަކުރުން ގިނަކުރުމެވެ.)

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން