ދުޢާކުރުން ގިނަކުރާށެވެ! ގިނަކުރާ ވަރަކަށް އެމީހަކަށް ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ދުޢާކުރުން ގިނަކުރާށެވެ! ގިނަކުރާ ވަރަކަށް އެމީހަކަށް ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ!

ތިމާއަށް ކުރިމަތިވާ އެއްވެސް މުޞީބާތަކާއި ހުރެ ޝަކުވާ ނުކުރާށެވެ! ޝަކުވާ ކުރުމުގެ ބަދަލުގައި މުޞިބާތުން ސަލާމަތްކުރެއްވެވުން އެދި ގިނަގިނައިން ދުޢާ ކުރާށެވެ! މުޞީބާތެއް ކުރިމަތި ކުރައްވަވާ ކޮންމެ ފަހަރަކު އެކަން މެދުވެރިކުރެއްވެވީ ބޮޑު ފާފައެއް ކުރެވިގެން ނޫން ކަމަށްވެދާނެއެވެ. އެހެނީ އިމްތިޙާން ކުރެއްވެވުމަށްޓަކައިވެސް މުޞީބާތްތައް ކުރިމަތި ކުރައްވަވައެވެ.

ﷲ ތައާލާ އެންމެ ބޮޑަށް ލޯބިކުރައްވަވަނީ ކަންކަމަށް އެދި އެކަލާނގެ ޙަޟްރަތުގައި ގިނަގިނައިން ދެންނެވުމަށެވެ. ދުޢާ ކުރުމަށެވެ. ނަމަވެސް މީސްތަކުން އެންމެ ގިނައިން ކުރާ ކަމަކީ ދުޢާ ކުރުމުގެ ބަދަލުގައި ޝަކުވާ ކުރުމެވެ. އިންސާނުން މިކުރާ ކަމަކީ ކަން އޮންނަން ޖެހޭ ގޮތް ބަދަލުކުރުމެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ.

ކީރިތި ޤްރުއާނުގައި ވަޙީކުރައްވަވާފައިވާ ޔަޢްޤޫބްގެފާނުގެ ވާހަކަފުޅުންނާއި އައްޔޫބްގެފާނުގެ ވާހަކަފުޅުންނާއި ޔޫސުފްގެފާނުގެ ވާހަކަފުޅު ފަދަ ވާހަކަތައް ގިނަގިންއިން ކިޔާށެވެ! ޢިބްރަތް ޙާޞީލްކުރާށެވެ!

"މިއަޅާއަށް މި މުޞީބާތް ކުރިމަތި ކުރެއްވެވީ ކީއްވެގެންތޯ؟ މިއަޅާގެ ކޮން ކުށެއް އޮވެގެންތޯ؟" ﷲ ތަޢާލާ އާއި ސުވާލު ކުރުމެއްނެތެވެ. އެއިގެ ބަދަލުގައި މުޞީބާތެއް ކުރިމަތިވެއްޖެ ނަމަ ތައުބާވުން ގިނަކުރާށެވެ! މިއަޅާއަށް ކުރެވިފައިވާ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން