"ތިއަބައިމީހުން ދަމުނަމާދަށް ރައްކާތެރިވާށެވެ. ހަމަކަށަވަރުން އެއީ ތިޔަބައިމީހުންގެ ކުރީގެ ޞާލިޙުންގެ ޢާދައެކެވެ. الله އާއި ކުއްތަންވެވޭ ކަމެކެވެ. ފާފަތަކުން ދުރުކޮށްދޭ ކަމެކެވެ. ކުށްފާފަތައް ފުއްސަވާ ކަމެކެވެ. ހަށިގަނޑުގައި ހުންނަ ބަލިތައް ދުރުކޮށްދޭ ކަމެކެވެ." ޙަދީޘް
ރަސޫލާ ﷺ ޙަދީޘް ކުރެއްވިއވެ. "ރޭގަނޑުގެ 3 ބައިން ފަހު ބައަށް އެޅުނީމާ الله ދުނިޔޭގެ އުޑަށް ފައިބާވަޑައިގަންނަވައެވެ. އަދި ވަޙީ ކުރައްވާނެތެވެ! ތިމަން الله އަށް ދުޢާ ކުރަނީ ކާކުހޭ؟ އެމީހެއްގެ ދުޢާ އިޖާބަކޮށްދެއްވާނަމޭ؟ ކަމަކަށް އެދި ދަންނަވަނީ ކާކުހޭ؟ އެމީހަކަށް ދެއްވާނަމެވެ. ,ފާފަ ފުއްސެވުން އެދި ދަންނަވަނީ ކާކުހޭ؟ އެމީހެއްގެ ފާފަ ފުއްސަވާ ދެއްވާނަމެވެ!"
ހަމައެކަނި މި 2 ޙަދީޘްފުޅަށް ބަލައިލި ނަމަވެސް އެނގެންދަނީ ކަންކަން ކަމަށް ބޭނުންވާ މީހާ ރޭގަނޑު ހަތަރުދަމު ނިދަން އޮވެގެން އެމީހާ ބޭނުންވާ ކަންކަން ޙާޞިލުކުރެވެން ނެތްކަމެވެ. އޮތީ ރޭގަނޑުގެ ފަހުބައިގައި ތެދުވެ ދަމުނަމާދުކޮށް ދުޢާކުރުން ކަމެވެ.
ދަމުނަމާދުކުރުން އެއީ "الله އާއި ތަޢާލާ އާއި ކުއްތަންވެވޭ ކަމެކެވެ. ފާފަތަކުން ދުރުކޮށްދޭ ކަމެކެވެ. ކުށްފާފަތައް ފުއްސަވާ ކަމެކެވެ. ހަށިގަނޑުގައި ހުންނަ ބަލިތައް ދުރުކޮށްދޭ ކަމެކެވެ." ޙަދީޘްފުޅުގައި އޮތް އޮތުމަށް އެކަނި ވިސްނައިލިނަމަވެސް ދަމުނަމާދުކުރުމުގެ މުހިންމުކަން އެނގިގެންދާނެއެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން