މުސްލިމުންނަށް އަނިޔާކުރަން އެހީތެރިވާ ކުންފުނިތަކުގެ އުފެއްދުންތައް ބޭނުންކުރުމުން އަހުރެންގެ ގައިންނާ ގޮހޮރުން ދިލަނަގާކަމަށް އިޙްޞާޞްކުރެވެއެވެ!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
މުސްލިމުންނަށް އަނިޔާކުރަން އެހީތެރިވާ ކުންފުނިތަކުގެ އުފެއްދުންތައް ބޭނުންކުރުމުން އަހުރެންގެ ގައިންނާ ގޮހޮރުން ދިލަނަގާކަމަށް އިޙްޞާޞްކުރެވެއެވެ!: ބިލާލް އައްސަދު

އިޒްރޭލުގެ އުފެއްދުންތަކާއި އިޒްރޭލަށް ވާގިވެރިވެދޭ ޤައުމުތަކާއި ކުންފުނިތަކުގެ އުފެއްދުންތައް ބޮއިކޮޓްކުރުމާއި ބެހޭ ގޮތުން ބައެއް މީހުން ސުވާލުކުރެއެވެ. އެހެންވެ އަހުރެންނަށް ވިސްނޭ ގޮތް ބުނެލާނަމެވެ. 

ބޮއިކޮޓްކުރުމުގެ ނަތީޖާއެއް ފެންނާނީ ވަރަށް ބޮޑެތި ފިޔަވަޅުތައް ވަރަށް ވަރުގަދައަށް އަޅައިގެންނެވެ. އެއީ ޢާންމުންނަށް ކުރެވޭނެ ކަމެއް ނޫނެވެ. އެފަދަ ވަރުގަދަ ފިޔަވަޅުތައް އެޅޭނީ ސަރުކާރުތަކަށެވެ. 

އެހެންކަމާއިއެކުވެސް ކޮންމެ މުސްލިމަކަށްވެސް ކުރެވިދާނެ ކަމެއް އެބައޮތެވެ. އެއީ އިޒްރޭލަށް އެޙީތެރިވެ ޥާގިވެރިވާ ކުންފުނިތަކުގެ އެއްވެސް އުފެއްދުމެއް ބޭނުން ނުކުރުމެވެ. އެމީހަކު އަމިއްލައަށް އެކަން ކޮށްފިނަމަ ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި އެމީހަކަށް ދެންނެވޭނެއެވެ. "ޔާ ﷲ! މުސްލިމުންނަށް އަނިޔާވެރިވީ މީހުންނާއި ދެކޮޅަށް މިއަޅާއަށް ކެރިކުޅަދާނަވީ މިންވަރުން މަސައްކަތްކުރިކަން އިނބަ ﷲ ދެނެވޮޑިގެންވާނެއެވެ." އަދި މިއީ ކުޑަމިންވަރެއް ނޫނެވެ. ބޮޑު މިންވަރެކެވެ. 

ދެން އޮތީ އަހުރެން ކުރިންވެސް ބުނަމުން އައި ބަހެވެ. މުސްލިމުންނަށް އަނިޔާވެރިވާ ޤައުމުތަކުގެ އާއި ކުންފުނިތަކުގެ އުފެއްދުންތައް ބޭނުންކުރުމުން އަހުރެންގެ ގައިންނާއި ގޮހޮރުން ދިލަނަގާކަމަށް އަހުރެންނަށް އިޙްޞާޞްކުރެވެއެވެ. އެހެންވެ އަހުރެން އެފަދަ އެއްޗެއް ބޭނުމެއް ނުކުރަމެވެ. ނުގަންނަމެވެ. 

މަހުރެންނަކީ މުފްތީއެއް ނޫނެވެ. ވީމާ މިއީ އަހުރެން ނެރުނު ފަތުވާއެއް ނޫނެވެ. އަހުރެންގެ އަމިއްލަ ވިސްނުމެވެ. 

- ބިލާލް އައްސަދުގެ ބަސްފުޅަކުން 

މިއަދު އޮންލައިން