ތިބާއާއެކު މަލާއިކަތުން އަބަދު ތިއްބަވަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ތިބާއާއެކު މަލާއިކަތުން އަބަދު ތިއްބަވަނީ ކީއްވެ؟

އަޚާއެވެ! ތިބާ އާއިއެކު ﷲ ތަޢާލާ މަލާއިކަތުން ލައްވަވާފައިވަނީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ އެއްވެސް ޙާލެއްގައި އެއީ ތިބާއަށް ފާރަލައްވަވާކަށް ނޫނެވެ. ތިބާ ކުރާހައިކަމަކާއިނ ކުރާނެހައި ކަންކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ، 

ތިބާއާއިއެކުގައިވާ މަލާއިކަތުން ތިބާއަށް ހެޔޮކަންކަމަށް ވިސްނަވައި ދެއްވަވަތެވެ. ނުބައި ޢަމަލުތައް ކުރަން އުޅުމުން ނުކުރަން ނަބޭޙަތް ދެއްވަވަތެވެ. (ތިބާގެ ހިތަށް އެކަން އިލްހާމް ކުރައްވަވަތެވެ.)  ތިބާ ކުރާ އަމަލުތަކާ ބުނާ ބަސްތައް ލިޔުއްވަވާ މަލާއިކަތުން ލިޔުއްވަވަނީ ޤިޔާމަތް ދުވަހު ހިސާބުބެއްލެވުމަށެވެ. ތިބާކުރި ޢަމަލުތައް ތިބާގެ ފަތުން ދެއްކެވުމަށެވެ. 

ވިސްނާށެވެ! ކުރިން މިބުނިފަދައިން ތިބާއަށް ފާފައެއް ކުރެވެން އުޅޭނަމަ އެއީ ފާފައެއް ކަމާއި އެކަން ނުކުރަން ނަޞޭޙަތް ދެއްވަވާނެ މަލާއިކަތުން ވެސް ތިބާއާއިއެކު ވަނީ ލައްވަވައިފައެވެ. އެމަލާއިކަތުން ތިބާއަށް ވިސްނަވައި ދެއްވަވަން މަސައްކަތްޕުޅު ކުރައްވަވައެވެ. އެކަމުގެ އަސަރު ތިބާއަށް ނުކުރާނަމަ އެކަމުން އަންގައިދެނީ ތިބާ އާއި ޝައިޠޯނާ އާއި ގުޅި ލާމެހިފައިވާ މިންވަރެވެ. 

ޤިޔާމަތް ދުވަހު ތިބާގެ ހިސާބު ބައްލަވައި ނިމުމުން ތިމާއަށް ކުރެވިފައިވާ ކުށްތައް  ޤަބޫލުކުރެވޭނެއެވެ. ނަރަކައަށްދާންޖެހޭ މީހުން ނަރަކައަށްދާނީވެސް އެމީހުންނަކީ ނަރަކައަށް ވަނުން ޙައްޤުބައެއްކަން ޤަބޫލުކުރާ ޙާލުގައެވެ. ވީމާ ބިރުވެތިވާންވީ މީހަކު ފާރަލައިފާނެތީއެއް ނޫނެވެ. ތިމާއާއިއެކުގައިވާ މަލާއިކަތުން ލިޔުއްވަވަމުން ގެންދަވާ ފަތްފުށްތަކުގައި ލިޔުއްވަވާ އެއްޗެއްސަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން