އެމެރިކާގެ ޗިކާގޯގައި 26 ތަނަށް ވަޅިހެރާފައި އޮތް ކުއްޖާ އަހުރެން ދުށީމެވެ. އެކުއްޖާގެ ވާހަކައަކީ މުޅި ދުނިޔެއަށް މަޝްހޫރުވެގެންދިއަ ވާހަކައެކެވެ.
"ކަލޭމެން މުސްލިމުން މަރުވާންޖެހޭނެ ގޮތަކީ މިއީ" ކަމަށް ބުނަމުން މީހަކު 6 އަހަރުގެ ކުޑަކުއްޖެއްގެ ހަށިގަނޑުގެ 26 ތަނަކަށް ވަޅިހެރިއެވެ. އެޙާލުގައިވެސް އެކުއްޖާ އޭނާގެ މަންމަގެ ގާތުގައި ބުނީ "މަންމާއެވެ! އަހުރެންގެ ޙާލުރަނގަޅެވެ!"

އަހުރެން ބުނާނީ އެހައި ބޮޑެތި އަނިޔާތައް ލިބުމުންވެސް އެފަދަ ޙާލަތުގައި މިފަދަ ހިތްވަރުގަދަ ބަސްތައް ބުނުމުގެ ކުޅަދާނަކަން އެކުދިންނަށް ދެއްވަވަނީ ﷲ ތަޢާލާ ކަމަށް އަހުރެމެންނަށް ޔަޤީންކުރެވެން އެބަޖެހޭ ނޫންހެއްޔެވެ؟ މިފަދައިން އަނިޔާލިބޭ ކުޑަކުދިންނާއި އަންހެނުންނާއި އެންމެންގެ ކަންކަން ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާކަން ޔަޤީންކުރަން އެބަޖެހޭ ނޫންހެއްޔެވެ؟
- ޔާސްމިން މުގާހިދު
އެކުއްޖާގެ މައިންބަފައިން ނިޞްބަތްވަނީ ވެސްޓްބޭންކަށެވެ. ދަރިފުޅު ލިބިފައިވަނީ އެމެރިކާގައި ދިރިއުޅެމުންނެވެ. ކުއްޖާއަށް ޙަމަލާދިނުމުގެ އިތުރުން އެކުއްޖާގެ މަންމަގެ ގައިގެ އެތައް މިތަނަށްވެސް ވަޅިހެރިއެވެ. ނަމަވެސް މަންމަގެ ފުރާނަވަނީ ސަލާމަތްކުރެވިފައެވެ. ކުއްޖާ ވަޤުތުން މަރުވީއެވެ.
މަންމައަށާއި ދަރިފުޅަށް ހަމަލާދިނީ އެމީހުން ކުއްޔަށް ތިބޭ ގޭގެ ވެރިމީހާއެވެ. އޭނާއަކީ 71 އަހަރުގެ ފިރިހެނެކެވެ. ދެމައިންނަށް ހަމަލާދިނީ އެމީހުންނަކީ ފަލަސްޠީނުގެ މުސްލިމުން ކަމުގައިވީތީއެވެ.
ގުޅުންހުރި ލިޔުމެއް:
https://abcnews.go.com/US/uncle-6-year-muslim-boy-stabbed-death-alleged/story?id=104057428