ޢުމުރާއި ވަޤުތުގައި ބަރަކާތްލެއްވެވުން އެދި ކުރަން އޮތް ދުޢާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ޢުމުރާއި ވަޤުތުގައި ބަރަކާތްލެއްވެވުން އެދި ކުރަން އޮތް ދުޢާ-

އިންސާނާގެ ޢުމުރުގައި އޭނާއަކީ ވަރަށް ޕްރޮޑަޓިވް، ވަރަށް އުފެއްދުންތެރިމީހަކަށް ވުމަށްޓަކައި އޭނާގެ ޢުމުރު އެއީ ބަރަކާތް ލެއްވިގެންވާ ޢުމުރެއް ކަމުގައިވުން ވަރަށް މުހިންމެވެ.  އެޢުމުރުގަ އޭނާއަށް ގިނަ ކަންތައްތަކެއް ކުރެވޭނީ އެއިރުންނެވެ. 

އެހެންވީމާ، ޢުމުރުގައި ބަރަކާތް ލެއްވުމަށްޓަކައި، އެންމެ މުހިންމު ކަމަކީ الله سبْحَانهُ وَتَعالَى  ގެ حضرة ން ޢުމުރުގައި ބަރަކާތް ލެއްވުމަށް އެދި ދުޢާކުރުމެވެ. 

اللَّهُمَّ بَارِكْ لَنَا فِىْ أَوْقَاتِنَا وَ أَعْمَارِنَا  

ޔާ ﷲ! އަޅަމެންގެ ވަޤުތުތަކުގައްޔާއި، އަޅަމެންގެ ޢުމުރުތަކުގައި، ބަރަކާތް ލައްވާނދޭވެ! 

"އެއީ ބަރަކާތް މިލިބެނީ الله سبْحَانهُ وَتَعالَى ގެحضرة ން އެކަނި. އެހެންވީމާ، اللَّهُمَّ بَارِكْ لَنَا فِىْ أَوْقَاتِنَا وَ أَعْمَارِنَا  ޔާ ﷲ! އަޅަމެންގެ ވަޤުތުތަކުގައްޔާއި، އަޅަމެންގެ ޢުމުރުތަކުގައި، ބަރަކާތް ލައްވާނދޭވެ! 

މިފަދަ ޢިބާރާތަކުން ބަރަކާތަށް އެދި ބަރަކާތް ލިބުމަށް އެދި  الله سبْحَانهُ وَتَعالَى  ގެ حضرة  ގައި ދުޢާ ކުރުމަކީ އެއީ ބަރަކާތް ލިބިގަތުމަށްޓަކައި މީހާ ކުރަންޖެހޭ އެންމެ ފުރަތަމަ ކަންތަކެވެ. 

- ޝައިޚް މުޙައްމަދު ޝާފިޢު

މިއަދު އޮންލައިން