ހިތްދަތިވާ ޙާލަތެއް ކުރިމަތިވުމުން އެހާބޮޑަށް ކަންބޮޑުވެވެނީ މި 2 ކަންތައް ޤަބޫލުނުކުރެވޭތީ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ހިތްދަތިވާ ޙާލަތެއް ކުރިމަތިވުމުން އެހާބޮޑަށް ކަންބޮޑުވެވެނީ މި 2 ކަންތައް ޤަބޫލުނުކުރެވޭތީ!: މުފްތީ މެންކް

ދަތިޙާލުގައި އުޅެންޖެހިފައިވާ މީހުންގެ ވިސްނުން ހުންނާނީ ކިހިނަކުންހެއްޔެވެ؟ އުފަލުގައި ޢުމުރުގެ ބޮޑުބައި ހޭދަކުރެވިފައިވަނިކޮށްވެސް ހިތާމަކުރަންޖެހޭ ޙާލަތެއް ކުރިމަތިވެއްޖެނަމަ އެކަމާއި ކަންބޮޑުވެ އެކަން މެދުވެރިކުރެއްވެވިކަމަށްޓަކައި ޝަކުވާކުރާ މީހުން ބައިވަރެވެ. އެޙާލަތު މިންވަރުކުރެއްވެވީ ކީއްވެގެންތޯ ވެސް އެބަ ސުވާލުކުރެއެވެ.

އެގޮތުން ކުރެވޭ ޝަކުވާތަކަށާއި ކުރެވޭ ސުވާލުތަކަށް ޖަވާބުދޭންޖެހޭނީވެސް އެމީހަކަށެވެ. އެހެނީ އެމީހާ ޤުރްއާނުގެ މާނަ ކިޔާނަމަ، ހަދީޘްފުޅުތަކުގެ މާނަކިޔާނަމަ، ޢިލްމުވެރިން ދެއްވާ ދަރުސްތައް އަޑުއަހާނަމަ ޖަވާބު ވަރަށް ރަނގަޅަށް އެނގޭނެއެވެ. 

އެގޮތުން ބަލާއިރު ފުރަތަމަ ކަމަކީ އެއްވެސް މީހަކަށް ދެރަގޮތެއް އިރާދަ ނުކުރައްވަވާނެކަން ޤަބޫލުކުރަންޖެހޭ ކަމެވެ. ދެވަނަ ކަމަކީ ކޮންމެ މުޞީބާތަކާއިއެކު ރަޙްމަތެއް ފޮނުއްވަވާނެކަންވެސް ޤަބޫލުކުރަންޖެހެއެވެ. މދެކަންތަކަކީވެސް ކޮންމެ މުސްލިމަކުވެސް ޔަޤީންކުރަންޖެހޭ ކަންކަމެވެ. 

އިތުރަށް ކުރިއަށް ޖެހިލަމާ ހިނގާށެވެ. ވަޒީފާ ގެއްލުނީއެވެ. ދުވަސްކޮޅަކު ދަތިޙާލުގަ އުޅެންޖެހުނީއެވެ. އެކަންކަން ކުރިމަތިވި ކިތައް މީހުންނަށް ފަހުން މާރަނގަޅު ވަޒީފާ ލިބި މާބޮޑު އުފާވެރިކަމެއް ލިބިފައިވޭ ހެއްޔެވެ؟ ވަޒީފާ ގެއްލުމުން ހިތްވަރުކޮށްފައި އަމިއްލައަށް މަސައްކަތްކުރަން ކުރިމަތިލި ކިތައް މީހުންނަށް ކާމިޔާބުވެ ތަނަވަސްކަން ލިބިފައިވޭ ހެއްޔެވެ؟ 

ދެން ބަލައިލަންވީ އެންމެ ގިނަ ބައަކަށް ހިތްދަތިކަން ލިބޭ މައްސަލަކަމަށްވާ ކައިވެނި ރޫޅުމަށެވެ. ކައިވެނި ރޫޅި ނުތަނަވަސްކަމާއި ހިތްދަތިކަން ލިބުނު ކިތައް މީހުންނަށް މާރަނގަޅު ބައިވެރިއަކު ލިބިފައިވޭ ހެއްޔެވެ؟ 

ގިނަ ބައަކު ވިސްނަނީ މިފަދަ "ޕޮޒިޓިވް" ވިސްނުމަކުން ނޫނެވެ. ބަލަނީ ދަތިޙާލުގައި އުޅެމުންދާ މީހުންނަށް އެކަންޏެވެ. ވީމާ ވިސްނެނީ އެންމެ ބޮޑަށް މާޔޫސްވާން ޖެހޭނެ ގޮތަށެވެ. އެގޮތް ދޫކޮށްލާށެވެ. މިއަދަށްވުރެ މާދަމާ މާއުފާވެރިވާނެކަން ޔަޤީންކޮށްގެން ހުންނާށެވެ. އިން ޝާ ﷲ ހިންމަވައި ދެއްވަވާނެތެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން