ޔަހޫދީ ޓެރަރިސްޓުންގެ އިންޒާރަށް ޑރ. ޙައްމާދުގެ އެންމެ ފަހު ޖަވާބު! މިހިތްވަރު ހުރި އަޅުންނަށް ސުވަރުގެ ނޫން ތަނެއް ނުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ޔަހޫދީ ޓެރަރިސްޓުންގެ އިންޒާރަށް ޑރ. ޙައްމާދުގެ އެންމެ ފަހު ޖަވާބު! މިހިތްވަރު ހުރި އަޅުންނަށް ސުވަރުގެ ނޫން ތަނެއް ނުވާނެ! އިން ޝާ ﷲ

"އަހަރެމެން މިތިބީ ހޮސްޕިޓަލް ވަށާލައިގެން. ކޮންމެ ވަޤުތަކުވެސް ޙަމަލާދޭންޖެހިދާނެ! ފުރާނަ ސަލާމަތް ކުރަން ބޭނުމިއްޔާ ހޮސްޕިޓަލް ދޫކޮށް ނުކުމެގެންދޭ!" 

ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުންގެ މިއިންޒާރަށް ޑޮކްޓަރު ދިން ޖަވާބު: 

"އަހަރެން މިތަން ދޫކޮށްލާފަ ދިއައިމަ އަހުރެންގެ ޕޭޝަންޓުންނަށް އަޅައިލާނީ ކާކު؟ އަހުރެމެންނަކީ އިންސާނުންނޭ! ޖަނަވާރުންނެއް ނޫނޭ! ކަލޭ ހީކުރަނީ އަހަރެންނަކީ ޖަނަވާރު އުޅޭ ގޮތަށް އުޅޭނެ މީހަކުކަމަށްތަ؟ 

ކަލޭ ހީކުރަނީ އަހުރެން ޔުނިވަރސިޓީން ކިޔަވައި ޑޮކްޓަރަކަށްވީ ހަމައެކަނި އަހުރެންގެއާ އަހުރެންގެ ޢާއިލާގެ މީހުންގެ ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރަންކަމަށްތަ؟ އަހަރެންގެ ފުރާނައަށްވުރެ މުހިންމީ ބަލިމީހުންގެ ފުރާނައޭ!" 

ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން މިހާރު ވަނީ 25 އަހަރުގެ ޒުވާން މި ހިތްވަރުގަދަ ޑޮކްޓަރު ޙައްމާދު ޝަހީދުކޮށްލައިފައެވެ. ކުޑްކުޑަ 2 ދަރިން މިސްކީނުކޮށްލައިފައެވެ. އަނބިކަނބަލުން ހުވަފަތްކޮށްލައިފައެވެ. 

ޑރ. ޙައްމާދު ވަނީ އަލްޝިފާ ހޮސްޕިޓަލުގައި އެންމެ ފަހު ވަޤުތާއި ހަމައަށްވެސް ހުންނަވައި އޭނާގެ ވާޖިބު އަދާކުރައްވަން މަސައްކަތްކުރައްވައިފައެވެ. އަދި ހޮސްޕިޓަލު ޙާލުގައި ޖެހެމުންދިއައިރު ދުނިޔޭގެ ސަމާލުކަމަށް އެކަން ގެންނަންވެސް ވަރަށް ގިނަ މަސައްކަތްކުރައްވައިފައެވެ. 

ޔާ ﷲ! ޑރ. ޙައްމާދުގެ ފާފަ ފުއްސަވައި އޭނާށގެ ފުރާނައަށް ހެޔޮ ރަހްމަތް ލައްވަޥާނދޭވެ! ޢާއިލާއަށް ކެތްތެރިކަން ދެއްވަވާނދޭވެ! އާމީން

މިއަދު އޮންލައިން