މިޙަޤީޤަތްތައް ޤަބޫލުކުރަމު ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
މިޙަޤީޤަތްތައް ޤަބޫލުކުރަމު ހެއްޔެވެ؟

ތިރީގައި އެވަނީ އަހުރެންނަށް މީހަކު ޙިއްޞާކުރި ބަސްތަކެކެވެ. ބޭނުންވަނީ އެއީ ތެދެއްކަން ނޫންކަމާއިމެދު ކޮންމެ މީހަކުވެސް ރަނގަޅަށް ވިސްނައިލުމެވެ. 

--ތެދުވެރިން މަދުވެއްޖެއެވެ. ގިނައީ މަކަރުވެރިންނާ ދެމޫނުގެވެރިންނެވެ.

--ގިނަ މީހުން ޤަދަރުކުރަނީ ފައިސާއަށެވެ. މީހާއަކަށް ނޫނެވެ.

--އެންމެ ބޮޑަށް އަނިޔާއާއި ހިތްދަތިކަން ދޭނީ ތިމާ އެމީހަކު ދެކެ އެންމެ ބޮޑަށް ލޯބިވާ މީހުންނެވެ.

--ބުއްދިވެރިން ބުނެފައި ހުންނަ ހެޔޮބަސްތައް ހަނދާންވެ އެބަސްތަކުގެ އަގުވަޒަންކުރެވެނީ ހިތްދަތިކަން ކުރިމަތިވުމުންނެވެ.

--ތަނަވަސްކަން ލިބުމުން ކެތްތެރިކަން ގެއްލި ކޮންމެ ކަމެއްވެސް ވަޤުތުން ޙާޞިލްކުރެވެން ބޭނުންވެއެވެ.

--ގިނަ މީހުން ސަމާލުކަންދެނީ ބޭރުފުށުގެ ސިފައަށެވެ. އެތެރެފުށުގެ ރީތިކަމަށް ބަލަނީ މަދުމީހެކެވެ.

--ފަޤީރުންގެ އެކުވެރިން ނެތިދާނެއެވެ. ތިބިނަމަ އެމީހުންވާނީ ޙަޤީޤީ ރަހްމަތްތެރިން ކަމުގައެވެ.

--އެންމެ މުހިންމު ކަމަކީ އިތުބާރެވެ! ގެއްލިއްޖެނަމަ އަނބުރައެއް ނުލިބޭނެއެވެ. 

މިކަންކަމަކީ ތެދު ޙަޤީޤަތެވެ. ބުއްދިވެރިން ބުނެފައި ހުންނަ ބަސްތަކެވެ. އަމިއްލަ ދިރިއުޅުމުގައި އެކަންކަމަށް ސަމާލުކަންދޭށެވެ! އެއިރުން ހަރުދަނާ ދިރިއުޅުމެއް އުޅެން މަގުފަހިވެގެންދާނެއެވެ. އިން ޝާ ﷲ 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން