ﷲ ތަޢާލާ ތިމާދެކެ ލޯބިވެވޮޑިގަންނަވާކަން އެނގޭނެ ގޮތަކީ ކޮބާ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ﷲ ތަޢާލާ ތިމާދެކެ ލޯބިވެވޮޑިގަންނަވާކަން އެނގޭނެ ގޮތަކީ ކޮބާ؟: މުފްތީ މެންކް

ﷲ ތަޢާލާ ތިމާދެކެ ލޯބިވެވޮޑިގަންނަވާކަން އެނގޭނެ ގޮތަކާއިބެހޭގޮތުން ގިނަބައަކު ސުވާލުކުރާތި މިރޭވެސް އެކަމަށް ބަހެއް ބުނެލާނަމެވެ.  

- ﷲ ތަޢާލާ ތިބާއަށް ނިޢުމަތެއް ދެއްވަވައިފިނަމަ ތިބާ ޤަބޫލުކުރަންވާނީ އެއީ ތިމާދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާތީ ކަމަށެވެ. އެކަން ޤަބޫލުކޮށް ޝުކުރުވެރިވާނަމަ އެމީހަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ދާނީ އިތުރުވަމުންނެވެ. 

- ހަމައެގޮތަށް ތިބާއަށް ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢުމަތެއް އަނބުރާ ގެންދަވައިފިނަމަ ތިބާ ޤަބޫލުކުރަންވާނީ އެއީވެސް ތިމާދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާތީ ކަމަށެވެ. އެކަން ޤަބޫލުކޮށް ޝުކުރުވެރިވުމުގެ ގޮތުން ކެތްތެރިވާނަމަ އެމީހަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ދާނީ އިތުރުވަމުންނެވެ. 

މިދެޙާލަތުގައިވެސް ދުނިޔަވީ ނަޒަރަކުން ބަލައިގެން ނުވާނެއެވެ. ދުނިޔަވީ ގޮތުން ކަންތައް އޮތް ގޮތް ބަލައިގެން ނުވާނެއެވެ. މި ދެޙާލަތަކީވެސް ދުނިޔަވީ ވިސްނުމަކުން ކިރައި މިން އެޅޭނެ ޙާލަތެއް ނޫނެވެ. އެހެނީ ދެޙާލަތުވެސް ކުރިމަތިކުރައްވަވަނީ ހަމަ ﷲ ތަޢާލާ ކަމުގައިވާތީއެވެ. އެކަމުގައި އެއްވެސް މީހެއްގެ އެއްވެސް ބާރެއް ނެތުމުންނެވެ. ނުވެސް އޮންނާނެތީއެވެ.  

ދެން އޮތީ މިބަޔާންކުރި ދެޙާލަތުންކުރެ ކޮންމެ ޙާލަތެއް މިންވަރުކުރެއްވެވުމުންވެސް ތިމާއަށް ﷲ ތަޢާލާ އާއި ދުރަށް ދެވުމެވެ. އެއިރުން އެމީހަކަށް އެދެވެނީ އޭނާއަށް އެންމެ ބޮޑަށް ގެއްލުންވާނެ މަގުންނެވެ. ވީމާ މިކަމަށް އެންމެންވެސް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެއެވެ. މިއިން ކޮންމެ ޙާލަތެއް ކުރިމަތިކުރެއްވެވި ނަމަވެސް މަސައްކަތްކުރަންޖެހޭނީ ﷲ ތަޢާލާ އާއި ކުއްތަންވުން އިތުރުކުރުމަށެވެ. ދުރަސް ޖެހެވިއްޖެނަމަ އެމީހަކު ފޭލްވީއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން