ފަލަސްޠީނުގަ ޝަހީދުކުރެވެމުންދާ މީހުންނާއިމެދު ހިތާމަކުރުމެއް ނެތެވެ!: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ފަލަސްޠީނުގަ ޝަހީދުކުރެވެމުންދާ މީހުންނާއިމެދު ހިތާމަކުރުމެއް ނެތެވެ!: ޢުމަރު ސުލައިމާން

ފަލަސްޠީނުގައި ވެސް އަދި އެހެންތަނެއްގައިވެސް ޝަހީދުކުރެވެމުންދާ މީހުންނާއިމެދު ހިތާމަކުރުމެއް ނެތެވެ. އެމީހުން ޤިޔާމަތް ދުވަހު ތިބޭނީ އުފަލުގައެވެ. އިން ޝާ ﷲ  

ޙަދީޘްފުޅުން އެނގެން އޮތް ގޮތުގައި ކުށެއް ނެތި މީހަކު މަރައިފި ކޮންމެ މީހެއްގެ ބޮލުގައި ހިފައި ދަމަމުން އެމީހާ ޢަރުޝީގެ އަރިއަހަށް (ﷲ ތަޢާލާގެ ޙަޟްރަތަށް) ގެންދާނެތެވެ. އެއިރުވެސް ޝަހީދުކުރެވުނު މީހާއަށް ދުނިޔޭގައި ލިބުނު ޒަޚްމުން ދާނީ ލޭ ފައިބަމުންނެވެ.  

އޭނާ ޝަހީދުކުރި ގޮތް (ބޮންއެޅުން، ބަޑިޖެހުން، ވަޅިން ޙަމަލާދިނުން، ބަނޑަށް ޖެއްސުން ނުވަތަ އެނޫންވެސް އަނިޔާ ދިން ގޮތް) އޭނާ ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާނެތެވެ. ﷲ ތަޢާލާ އޭނާއަށް އިންޞާފު ޤާއިމުކުރައްވަވައި ދެއްވަވާނެތެވެ.  

މިބުނި ބަހުގެ މާނައަކީ އެމީހުން ޝަހީދުކުރާތީ ކަންބޮޑުވެ ހިތާމަ ނުކުރުމެއް ނޫނެވެ. އެކަމަށް ކޮންމެ މުސްލިމަކުވެސް ކަންބޮޑުވެ ހިތާމަކުރަން ޖެހޭނެއެވެ. އެޙާލަތުން ސަލާމަތްކުރަން ކުރެވެން ހުރި ހުރިހާ ކަންކަން ކުރަންވާނެއެވެ. ހެޔޮދުޢާކުރަންވާނެއެވެ.  

މިބުނަނީ ޝަހީދުކުރުމުން ދެރަވެ ކަންބޮޑުނުވުމަށެވެ. ޝަހީދުކުރުމުން އެމީހުންގެ ފުރާނަތައް ވާނީ ﷲ ތަޢާލާގެ ތަނަވސް ރަޙްމަތުގައެވެ. އެއީ މީހަކަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތެވެ. އިން ޝާ ﷲ   

- ޢުމަރު ސުލައިމާންގެ ދަރުސަކުން 

މިއަދު އޮންލައިން