އިސްތަށްޓަކީ ސިޙުރު ހަދަން ބޭނުންކުރާ އެއްޗެއް! އިތުބާރުކުރެވޭ ތަންތަނަށް ނޫނީ ބޯކޮށަން ނުދާތި!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
އިސްތަށްޓަކީ ސިޙުރު ހަދަން ބޭނުންކުރާ އެއްޗެއް! އިތުބާރުކުރެވޭ ތަންތަނަށް ނޫނީ ބޯކޮށަން ނުދާތި!: މުފްތީ މެންކް

ފިރިހެނުން ފަދައިން އަންހެނުންވެސް މިއަދު އިސްތަށިގަނޑު ކޮށަން ސެލޫންތަކަށް ދެއެވެ. ފެޝަންތަކަށް އިސްތަށިތައް ލަންބުވަންވެސް ތަންތަނަށް ގޮސްއުޅެއެވެ. މިގޮތަށް ޚިދުމަތް ހޯދަން ދިއުމުގައި ވަރަށް ބޮޑަށް ސަމާލުވެ ރައްކައުތެރިވާންޖެހޭނެ ކަންކަން އެބަހުއްޓެވެ.  

އިތުބާރުކުރެވޭ ސެލޫންތަކުން ނޫނީ ޚިދުމަތް ނުހޯދަން މިބުނަނީ އިސްތަށްޓަކީ ސިހުރުހަދަން ސިހުރުވެރިން ބޭނުންކުރާ އެއްޗަކަސްވާތީއެވެ. ވީމާ ކޮންމެ މީހަކުވެސް އިސްތަށްޓަށް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެއެވެ.   

އަހަރެމެންގެ ލޮބުވެތި ޞާޙިބާ މުޙައްމަދު އަށްވެސް އެފަދަ ސިހުރެއް ޖެހިވަޑައިގަތެވެ. ސިހުރުވެރިއަކު އިތުރު ޞާޙިބާ ގެ އިސްތަށިފުޅެއްގައި 11 ގޮށްޖަހައިގެން ސިހުރުހެދިއެވެ. އަދި އެސިހުރު އިތުރު ޞާޙިބާ އަށް ޖެހިވަޑައިގަތެވެ.  

އެސިހުރުގެ ކަންކަން ﷲ ތަޢާލާ ރަސޫލް އަށް އެންގެވިހިނދު ޞަޙާބީއަކު ފޮނުއްވަވައިގެން އެ އިސްތަށިފުޅު ގެންނަވައި އޭގައި ޖަހާފައިވާ ގޮށްތައް މުހެލެއްވެވިއެވެ. އެކަން ކުރެއްވެވީ އަލްފަލަޤް އަދި އައްނާސް ސޫރަތް ކިޔަވާ ވިދާޅުވަމުންނެވެ. އެދެ ސޫރަތުގައިވަނީ 11 އާޔަތެވެ. ކޮންމެ ގޮށަކަށް އާޔަތެކެވެ.  

ހެނދުނާއި ހަވީރު (ފަތިސްނަމާދާއި މަޣްރިބް ނަމާދު ވަގުތު) އާޔަތުލް ކުރުސި، އަޚްލާޞް، އަލަފަލަޤް، އަދި އައްނާސް ސޫރަތް 3 ފަހަރު ކިޔަވަންވީ މިފަދަ ކަންކަމުން ރައްކައުތެރިކަން ލިބިގަތުމަށެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން