ދަރިން މިސްކިތަށް ގެންދަން ގަދައަޅައި މަސައްކަތްކުރުން- ބެލެނިވެރިންނާ ސުވާލުކުރައްވަވާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ދަރިން މިސްކިތަށް ގެންދަން ގަދައަޅައި މަސައްކަތްކުރުން- ބެލެނިވެރިންނާ ސުވާލުކުރައްވަވާނެ ކަމެއް!

ދަރިންގެ ހިތްތަކުގައި މިސްކިތްތަކަށް ލޯބި ޖެއްސުވުމުގެ މަސައްކަތބެލެނިވެރިން ކޮންމެހެން ކުރަންޖެހޭނެ މަސައްކަތެވެ. ދަރިންނަށްޓަކައި ކޮށްދިނުން ވާޖިބުވާ ކަމެކެވެ. ޤިޔާމަތް ދުވަހު ސުވާލު ކުރެވޭނެ ކަމެއްވެސްމެއެވެ.  

ބައެއް މިސްކިތްތަކުން ވަރަށް އުފާވެރި މަންޒަރުތައްވެސް ފެނެއެވެ. ދަރިން ގޮވައިގެން ބައްޕައިން ނަމާދަށް ގޮސް ކުދިން ނަމާދަށް އަހުލުވެރިކުރުވަން މަސައްކަތްކުރާތަން ފެނެއެވެ. މިއީ ވަރަށް އުފާވެރި މަންޒަރެކެވެ. ދަރިންގެ ހިތްތަކުގައި ދީނުގެ ކަންކަމަށް ލޯބި ޖެއްސުވޭނީ މިސްކިތްތަކަށް ގެންދެވުނުވަރަކުންނެވެ. ނަމާދުކުރަން އަހުލުވެރިކުރުވުނު ވަރަކުންނެވެ.   

ތިރީގައި އެވަނީ އިސްލާމީ މްރުކަޒުގެ ކުރީގެ އިމާމް ޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވެފައިވާ ބަސްފުޅެކެވެ.  

ބިންމަތީގައި، ﷲ އެންމެ ލޯބިވެވެވޮޑިގަންނަވާ އެންމެ އަމާންތަނަކީ މިސްކިތްތަކެވެ. އެއީ އެކަލާނގެއަށް އަޅުކަންކޮށް، ދީނީ ދަރުސްތައްދެވި، އަޑުއަހައި، އިންސާނާގެ ނަފުސު ޠާހިރުކުރާ ތަނަކަށްވާތީއެވެ. 

އަދި ބިންމަތީގައި އެކަލާނގެ އެންމެ ނުރުއްސަވާތަނަކީ ބާޒާރެވެ. އެއީ، މަކަރުހެދުމާއި، އޮޅުވާލުމާއި، ދޮގު ވާހަކަދެއްކުން ފަދަ ނަހީކުރައްވާފައިވާ ކަންތައް ކުރެވޭ ތަނަކަށްވާތީއެވެ.  

ވީމާ، މިސްކިތުގެ ދައުރު އިތުރަށްފުޅާކޮށް، ދަރިންގެ ހިތްތަކުގައި މިސްކިތުގެ ލޯބި ޖައްސައި، މިސްކިތުގެ އަހުލުވެރިންނަށްވަމާ ހިނގާށެވެ!

 

މިއަދު އޮންލައިން